ކުޅިވަރު

އެޗް އޭ އެފް އައިލެންޑް ކަޕްގެ ދެވަނަ ބުރުގައި އުނގޫފާރު ސީއެފް މިރޭ ކޮޅުފުއްޓާ ދެކޮޅަށް

މާލޭގައި މިހާރު ކުރިއަށްދާ އެޗް އޭ އެފް ކަޕް ފުޓުސަލް މުބާރާތުގައި އުނގޫފާރު ސީއެފް މިރޭ ނިކުންނާނީ މ ކޮޅުފުށި ޓީމާ ދެކޮޅަށެވެ.

އުނގޫފާރު ޓީމް ވަނީ މިމުބާރާތުގެ ގްރޫޕް ޑީގައި ކުޅު ފުރަތަމަ މެޗް އޭދަފުއްޓާއި ވާދަކޮށް އެއްލަނޑުން އެއްވަރުކޮށްފައެވެ. މިމެޗުގައި ލަނޑުޖަހައި ދީފައިވަނީ ހަސަން ފަޒީލްއެވެ. އަދި ދެވަނަ މެޗުގައި ރ އިނގުރައިދޫ އާއި ބައްދަލުކޮށް 2 ލަނޑު އެއްލަނޑުން މޮޅުވެފައެވެ. އިނގުރައިދޫ ކޮޅަށް ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ޖަހައިދިނީ އިބްރަހީމް ހަސަންއެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އާތިފް އެވެ. މެޗުގެ ފަހުވަގުތުކޮޅުތެރޭ އިނގުރައިދޫއިން ވަނީ ލަނޑެއްޖަހައި ތަފާތު ކުޑަކޮށްފައެވެ.

އުނގޫފާރުގެ ތިންވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި އޮތީ ނެއިކުރެންދޫ ޓީމާއެވެ. މިމެޗަށް އެޓީމް ހާޒިރުނުވުމުން ފައިދާ 2 ގޯލާއި 3 ޕޮއިންޓާއެކު މެޗުލިބުނީ އުނގޫފާރު ޓީމަށެވެ. މިނަތީޖާއެކު އުނގޫފާރު ޓީމަށް ލިބުނީ 7 ޕޮއިންޓާއެކު ގުރޫޕުގެ 2 ވަނަ އެވެ. ގުރޫޕް ގެ އެއްވަނަ ފައިދާ ގޯލުގެ ތަފާތުން ލިބުނީ އޭދަފުއްޓަށެވެ.

އުފާ ނިއުސްއާއި ވާހަކަ ދައްކަމުން މުސްތަޝާރު މަދުހޫނު ބުނީ މިރޭގެ މެޗަށް ނިކުންނަ އިރު އުނގޫފާރު ޓީމުއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށެވެ. މިގޮތު މިރޭ ނިކުންނަޓީމަކީ ފުޓުސަލްގަ އުނގޫފާރުން ނެގޭނެ އެއްމެ ވަރުގަދަ ޓީމަށް ވެގެންދާނެކަމަށެވެ. އަދި މިރޭގެ މެޗުގައި ފެނިގެންދާނެ އެއްމެ ބޮޑު ބަދަލަކީ ސައުދުﷲ ކުޅެންއެރުންކަމަށެވެ.

މިރޭ މެޗުން މޮޅުވެއްޖެނަމަ ކުއާޓަރ ފައިނަލްގައި އުނގޫފާރު ޓީމް ބައްދަލުކުރަންޖެހޭނީ ކުޑަހުވަދޫއާއި ތިމަރަފުށި މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
0 Comment authors
ekuhjaa Recent comment authors
ekuhjaa
Guest
ekuhjaa

konn baeh tha dhenn molhu vyy…..

Close