ޙަބަރުމަޖިލިސް އިންތިހާބު 2019

މަތީންގެ ކެމްޕޭން ވެބްސައިޓް ލޯންޗުކޮށްފި

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެންޕޭން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓު ޢަބްދުލް މަތީން މުޙައްމަދުގެ ކެމްޕޭން ވެބްސައިޓް ލޯންޗުކޮށްފިއެވެ. މަތީނުގެ ކެމްޕޭން ޓީމުން މަޢުލޫމާތު ދެއްވިގޮތުގައި މި ވެބްސައިޓުގެ ބޭނުމަކީ ކެންޑިޑޭޓާ ބެހޭގޮތުން ދާއިރާގެ ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ވީހާވެސް ގިނަ މަޢުލޫމާތު އެއްތަނަކުން ލިބޭނޭގޮތް ހެދުމެވެ.

މިގޮތުން މި ވެބްސައިޓުގައި މަތީނުގެ އަމިއްލަ ދިރިއުޅުއްވުމާއި، ތަޢުލީމީ ޙަޔާތާއި، މަސައްކަތުގެ ތަޖުރިބާއާއި، ޤައުމީ ޚިދުމަތުގެ މަޢުލޫމާތުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއިމެދު މަތީން ދެކެލައްވާގޮތް ހިމެނިފައިވެއެވެ.

އިންތިޚާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންނާ ބެހޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިގަތުމަކީ ކޮންމެ ފަރުދެއްގެވެސް ޙައްޤެއް އަދި ޒިންމާއެއްކަމުގައިވީހިނދު، މި ވެބްސައިޓުގެ ޒަރީޢާއިން މަތީންއާ ބެހޭ ވީހާވެސް ގިނަ މަޢުލޫމާތު ލިބިގެން ދާނޭކަމުގައި މަތީނުގެ ކެމްޕޭން ޓީމުން ދެކެލައްވައެވެ.

މަތީނުގެ ކެމްޕޭން ވެބްސައިޓަކީ www.matheen2019.com އެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close