ކުޅިވަރު

ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖުގެ ޗެންޕިއަންކަން ކޭޑީ އެފްޓީ ހޯދައިފި

ވެސްޓްބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް 2019 ގެ ޗެންޕިއަންކަން ކޭޑީއެފްޓީ ހޯދައިފިއެވެ. މިމަހުގެ 20 ވަނަ ދުވަހުން 26 އަށް އުނގޫފާރު ފުޓްސަލް ދަނޑުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ޗެންޕިއަންކަން ކޭޑީއެފްޓީ ހޯދީ މިރޭ ކުޅުނު މި މުބާރާތުގެ ފައިނަލްގައި، މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ޑިކްޓޭޓާސްއާ ވާދަކޮށް 4-3  ގެ ނަތީޖާ އަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ކޭޑީއެފްޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗުގައި ކޭޑީ އެފްޓީގެ ޖޯޒީ ނަމްބަރ 29 މުޙައްމަދު މުރުތަލޯ (މުރޭ) ވަނީ ހެޓްރިކް ހަދާފައެވެ. މިރޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވެސް ހޮވުނީ މުރޭއެވެ. މީގެ އިތުރުން ޖޯޒީ ނަމްބަރ 9 މުޙައްމަދު ޖުމާން ވެސް ވަނީ ކޭޑީއަށް ލަނޑެއް ކާމިޔާބުކޮށްފައެވެ. ޑިކްޓޭޓާސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަމްބަރ 11 އަލީ އުނައިސްގެ އިތުރުން ޖޯޒީ ނަމްބަރ 10 މިފްރާހް ވަހީދެވެ.

ވެސްޓް ބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް 2019 ގެ ޗެންޕިއަން ކޭޑީ އެފްޓީ

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުން ތެރިންނަށް ހޮވިފައި ވަނީ ޑިކްޓޭޓާސްގެ ގޯލް ކީޕަރު ޖޯޒީ ނަމްބަރ 1 އަޙުމަދު އަފްޒަލް، ޑިކްޓޭޓާސްގެ ޖޯޒީ ނަމްބަރ 29 ޔާސީން ފިރާގު، ޑިކްޓޭޓާސްގެ ޖޯޒީ ނަމްބަރ 11 އަލީ އުނައިސް، ކޭޑީ އެފްޓީގެ ޖޯޒީ ނަމްބަރު 10 މުޙައްމަދު މުއީން އަދި ޓީމް އޮރިގެ ޖޯޒީ ނަމްބަރ 19 މުޙައްމަދު ސާއިފެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޑިކްޓޭޓާސްގެ ޖޯޒީ ނަމްބަރ 11 އަލީ އުނައިސްއެވެ. އަދި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ރޮދި އެފްސީއެވެ.

ވެސްޓްބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް 2019ގެ އެންމެ މޮޅު 5 ކުޅުންތެރިން

އުނގޫފާރުގެ ފުޓުބޯޅާއިގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމް، ތިޔަމަސް އެކްސް އިން އިންތިޒާމް ކުރި މި މުބާރާތުގެ ޗެންޕިއަން ޓީމަށް 8000ރ ގެ ފައިސާގެ އިނާމެއް އަދ ރަނަރަފް ޓީމަށް 2500ރ ގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close