ޙަބަރުމަޖިލިސް އިންތިހާބު 2019ސިޔާސީ

މާލޭގައި ތިބި އުނގޫފާރު ދާއިރާގެ ރައްޔިތުންނާ ވައްޑޭ ބައްދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެންޕޭން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ކުރިއަށްއޮތް 19 ވަނަ ރައޔޮތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވަ މުހައްމަދު ވަހީދު (ވައްޑޭ) މާލޭގައި ދިރިއުޅޭ އުނގޫފާރު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށްފިއެވެ. މިބައްދަލުވުން އޮތީ 25 މާޗް 2019 ވީ ހޯމަ ދުވަހުގެރޭ މޫކައި ހޮޓެލްގައެވެ. މިބައްދަލުވުމުގައި މާލޭގައި މިވަގުތުތިބި އުނގޫފާރު ހުޅުދުއްފާރު އަދި މާކުރަތުގެ ގިނަ ބަޔަކު ބައިވެރިވިއެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެޖެންޑާ19 ގައިވާ ސިޔާސަތުތައް އޮޅުންފިލުވައިދީ އަދި ބައްދަލުވުމުގެ ބައިވެރިންގެ ސުވާލުތަކަށް ސީދާ ކެނޑިޑޭޓު ޖަވާބުދެއްވިއެވެ. ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އަދި ވަރަށް އެކުވެރި މާހައުލެއްފެނިގެންދިޔަ މިބައްދަލުވުމުގައި އެންމެ ގިނަބަޔަކު ޝައުގުވެރިވި ސިޔާސަތަކަށްވީ ތައުލީމީ ސިޔާސަތެވެ. ދަރިވަރުންގެ މަތީތައުލީމަށް އެޖެންޑާ19 އިން ހަމަޖެހިގެންދާ ލުއިލޯނެވެ. މީގެ އިތުރުން ސިއްހީ ނިޒާމަށް ހުށައަޅާފައިވާ ހެޔޮބަދަލުތަކާއި އެންމެ ކުޑަ އުޖޫރަ އާއި ވަޒީފާއެއް ހޯދުމަށް މަސައްކަތް ފަށާހިސާބުން ފެށިގެން ވަޒީފާއެއް ލިބެންދެން ހަމަޖެހިގެންދާ އެލަވަންސް ކަނޑައެޅިގެންދާނެ އެޖެންޑާ 19 އާއިމެދު ރައްޔިތުންތިބީ ވަރަށް ހިތްހަމަޖެހިގެންކަން ބައްދަލުވުމުން އެނގިގެންދިޔައެވެ.

މިބައްދަލުވުމުގައި ވައްޑޭގެ އިތުރުން ދާއިރާގެ ތިންރަށުގެ މީހުންވެސް މިއިންތިހާބު އެމްޑީޕީ އަށް މުހައްމަދު ވަހީދުއަށް ކާމިޔާބު ކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ.

ވައްޑޭގެ ކެމްޕެއިން ޓީމުން ދަނީ މާލޭގައި މިފަދަ ބައްދަލުވުންތަށް ދޭތެރެދޭތެރެއިން ބާއްވަމުންނެވެ. މިއީ މިގޮތަށް މާލޭގައި ބޭއްވި 4 ވަނަ ބައްދަލުވުމެވެ.

This slideshow requires JavaScript.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close