ކުޅިވަރު

ތިޔަމަހަށް ޝުކުރިއްޔާ!

ރ. އުނގޫފާރުގަ ޒަމާނުއްސުރެ ޒުވާނެއްގެ ގޮތުގައި ބޮޑު ދަނޑުގައި ހަވީރު އެންމެނާއި އެކީ ފުޓްބޯޅަ ކުޅެން ދިއުމުގެ ހަމަ އެކަނި ޝަރުތަކަށްވެފައި އޮންނަނީ ސްކޫލު ކުއްޖަކަށް ނުވުމުވެ. ނުވަތަ ސްކޫލު ނިމިފައިވާ ކުއްޖަކަށްވުމެވެ. އޯ ލެވެލް ނިންމުމަށްފަހު ދަންޑަށް އަރަންވީއެވެ. އަކަމަކު އޭ ލެވެލް އަށް ވަދެއްޖެކަމަށްވާނަމަ އަނެއްކާވެސް ސްކޫލު ކުއްޖަކަށްވެ، ދަނޑުގައި ޒުވާނުންނާއި އެކީ ކުޅުމުގެ ފުރުސަތު ދުވަސް ކޮޅަކަށް ގެއްލި ދަނޑުން ފައިބަން ޖެހެއެވެ. މި ހުންނަނީ ސީދާ ތާރީޚް ނޭންގޭ ހާ ކުރީންސުރެ ރަށުގައި ހެދިފައި ހުންނަ ރިވެތި ގަވާއިދުތަކެކެވެ. މި ގަވާއިދުގެ ބޭނުންތަކާއި މިވަގަވާއިދުގެ ސަބަބުން ލިބޭ ފައިދާ ތައް އަމިއްލައަށް ވިސްނާލަން ދޫކޮށްލާނަމަވެ.

މިއުޅޭ ވާފިރުބެ ގޯތި ސިންދްބާދު ސްކޫލް ނިންމުމަށްފަހު ޒުވާނުންނާއި އެކީ ހަވީރު ފުޓްބޯޅައަށް ނިކުތުމުގެ ކުރިން އޭނާ އަކީ އުނގޫފާރު ފުޓްބޯޅަ އަށް ވަރަށް އައު ނަމެކެވެ. ކުޅެ އުޅޭ މީހެއްކަންވެސް މި އިނގެނީ ހަމަ އެކަނި އޭނާ އާއި އެކީ ސްކޫލް ނިންމި މަދު ކުއްޖަކަށެވެ.

ކޮންމެއަކަސް، އޯލެވެލް ނިންމާލުމަށްފަހު ސިންދްބާދު ހަވީރުގެ ކުޅުމާއި ގުޅިއްޖެއެވެ. އައްދެ! ހަމަ ހާވާ ވައްތަރު! ބޯޅަ ލިބުމުން ރައްޔިތުން އަތުން ނައްޓުވަމުން ދުވާ ވައްތަރުގެ އެޓޭކަރ އެއް އާލިމުއަށް ދޮންބެ ކިޔާ ކަން އެންމެނަށް އެނގެން މިފެށީ މިހިސާބުންނެވެ. ތަފާތެވެ. ދަސްކޮށްފަ ހުރީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. މުސްތަޤުބަލް ނައްލަ ކޮން ފެންނަ އުއްމީދީ ޑްރިބްލަރ އެކެވެ. އެހެން ނަމަވެސް މި ކަން ކަން އެނގޭނީ ހަމަ އެކަނި ސިންދްބާދާއި އެކީ ކުޅެންދާ ނުވަތަ ހަވީރު ކުޅުން ބަލާލަން ދަނޑު ދޮށަށް ދާ މަދު މީހަކަށެވެ.

ސިންދްބާދު ފަދައިން ހުނަރެއް ލިބިފައިވާ ކޮންމެ ކުއްޖަކުވެސް އަބަދުވެސް ކުރާނެ އުއްމީދަކީ އެ ހުނަރެއް ގިނަ ބަޔަކަށް ދައްކާލެވޭނެ ޕްލެޓްފޯމެއް އަންނާނެ ދުވަހެކެވެ. ފުޓްބޯޅަ ކުޅޭ ކުޅުންތެރިން އަބަދުވެސް ބަނޑުހައިވެފައި ތިބޭނީ މުބާރާތަކަށެވެ. ސިންދްބާދުވެސް ހިތާހިތުން ކިޔަމުން ދިޔައީ މިފައްޗެވެ.

މި ޒޯން ގެ ފުޓްބޯޅަ މުބާރާތާއި މިނިވަން 50 ޗެމްޕިއަންޝިޕް ގެ  ފެވަރިޓުން ކަމަށްވާ މި އުނގޫފާރަކީ ނިސްބަތުން މުބާރާތްތައް މަދު ރަށެކެވެ. 2016 ގައި ފުޓްސަލް ދަނޑެއް ލިބި އެދަނޑުގައި ކުޅެވޭނެ ގޮތް ވީ އިރުވެސް އެދަނޑުގައި ފުރަތަމަ މުބާރާތެއް ބޭއްވުނީ އޭގެ 2 އަހަރެއްހާ ދުވަސްފަހުން ރ އަތޮޅު ޕޮލިހުންގެ އެހީތެރިކަމާއި އެކުއެވެ.

މުބާރާތެއްގެ އިންތިޒާރުގައި އަބަދުމެ ތިބޭ ޒުވާނުނަށް މުބާރާތެއް ގެ ހަބަރު ލިބުންވަނީ ފެންނުލިބި ކަރުހިއްކައިގެންފައިވާ އިންސާނަކަސް ފެނުގެ އާރެއް ދުރު ހިސާބަކުން ފެނުންފަދަ ކަމަކަށެވެ.

ސިންދްބާދު ފަދައިން ސްކޫލު ނިމި ކުޅިވަރުގެ މައިދާނަށް ނިކުމެ ތިބި ހުރިހާ ކުޅުންތެރިންވެސް ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް އައީ އުނގޫފާރުގެ އެންނެ ބޮޑު އަދި އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމު

ތިޔަމަސް އެކްސް ރަށުގެ ހުރިހާ ޒުވާނުންނާ ދިމާއަށް ‘ކަލޭމެން ހީލަގަ’ އޭ ބުނެ ވެސްޓް ބީޗް ތިޔަމަސް އެކްސް ފުޓްސަލް ޗެލެންޖް 2019 ގެ ނަމުގައި މާރޗް 20 ގައި މުބާރާތެއް ފެށީގެންދާނެކަމުގެ ފޮނި ހަބަރު ދިނުމުންނެވެ.

މި މުބާރާތް އިއުލާނުކުރިވެގެން ދިޔުމުން ހުނަރުވެރި ކުޅުންތެރިންތައް ތެޅިގަތެވެ. ރަށުގައި ކުރިންސުރެ ހެދިފައިވާ ޓީމުތައް ފަރިތަކުރުންތައް ފަށާ އެންމެ ސީރިއަސްކޮން މުބާރާތުގައި ބައިވެރިވިއެވެ. ސިންދްބާދު ގެ ޓީމު (ފަސްގަނޑު) ވެސް މުބާރާތުގައި ބައިވެރިވިއެވެ. ރޮދި އެފްސީ އަތުން 6 -2 އިން ބަލިވި މެޗްގައި ދަނޑުގައި ތިބި އެންމެން އަތުން ހާވާފައި ގޮސް ހިސާބު އުނގަންނައި ދިން މުދައްރިސު ބަލަހައްޓަމުންދިޔަ ގޯލަ ފޫ އަޅުވާލި ރ އުނގޫފާރު، އަމީނީ އުފާ، ސިންދްބާދު ނުދަންނާނެ މީހަކު މިހާރު ރަށުގަ ނުހުންނާނެއެވެ.

ތިޔަމަހުގެ ފަރާތުން ރަށުގެ ޒުވާނުންނަށްޓަކައި މި ފެއްޓި އަގުހުރި މަސައްކަތް ބަލައިނުގަންނާނެ ވަކި ފަރުދެއްވެސް ނުހުންނާނެކަން ކަށަވަރެވެ. މުބާރާތުގެ ކޮލިޓީއާއި ހިންގުމުގެ ފެންވަރު ރަނގަޅުމުވުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ހުއްޓުމެއް މަޑުޖެހުމެއްނެތި އަމާން ކަމާއި އޮމާންކަންމަތީގައި މުބާރާތް ނިންމާލެވިއްޖެއެވެ. އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖް އިން ދުރަގައިތިބެގެން ލައިވް ކޮން މެޗްތައްބެލި ހުރިހާ އެންމެންވެސް މިކަމަށް ހެކިދޭނެއެވެ. އުނގޫފާރުގެ އެންމެ ތަށި ގިނަ ޓީމް ޒުވާނުންނަށް ތަށި ހޯދުމަށް މި ހުޅުވާލި އުއްމީދީ އަދި އުފާވެރި މަސައްތްކަތަށް މުޅި މި އުނގޫފާރުގެ ހުރިހާ ރައްޔިތުން، ހާއްސަ ކޮށް ހުރިހާ ޒުވާނުންގެ ނަން މަތީގައި ނުހަނު އިޚްލާސްތެރިކަމާއި އެކު ޝުކުރުދަންނަވަމެވެ. އުއްމީދަކީ މި މުބާރާތަކީ ކޮންމެ އަހަރުވެސް ސިލްސިލާކޮށް ކުރިއަށްގެންދާނެ ވާދަވެރި މުބާރާތަކަށްވުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close