ޚަބަރުރ.އަތޮޅު

އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި އިނގުރައިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ފަށަނީ

ރ.އިނގުރައިދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކާ އެކު ދާދި ފަހުން ސޮއެކުރެވުނު ކުރޭޑިޓްލައިން އެއްބަސްވުމުގެ ދަށުންނެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެގްޒިމް ބޭންކުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް، 16 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އަދި 4 ރަށެއްގެ ނަރުދަމާގެ މަސައްކަތް މިއަހަރު ފެށުމަށް ހަމަޖެހިފައިވެއެވެ.

ފެނާއި ނަރުދަމާ މަސައްކަތް : ހއ.ފިއްލަދޫ، ހއ.ކެލާ، ހދ.ވައިކަރަދޫ، ނ.ކެނދިކުޅުދޫ، ރ.އިނގުރައިދޫ، ކ،ގާފަރު، އއ.މާޅޮސް، އދ.ދިގުރަށް، ވ.ތިނަދޫ، މ.މަޑުއްވަރި، ފ.ދަރަނބޫދޫ، ފ.މަގޫދޫ، ދ.ބަނޑިދޫ، ތ.ކިނބިދޫ، ލ.މާބައިދޫ، ގދ.ފަރެސްމާތޮޑާ

ފެނުގެ ނިޒާމް: ހއ.ބާރަށް،  ހދ.މަކުނުދޫ، ށ.ފުނަދޫ، ނ.މަނަދޫ، ބ.ކެންދޫ، ޅ.ކުރެންދޫ، ކ.ކާށިދޫ، ވ.ފެލިދޫ، ވ.ފުލިދޫ، މ.ކޮލުފުށި، ދ.މީދޫ، ލ.މާމެންދޫ، ގއ.ގެމަނަފުށި،  ގއ.މާމެންދޫ، ގދ.ފިޔޯރީ، ގދ.މަަޑަވެލި،

ނަރުދަމާ ޤާއިމްކުރާ: ށ.ކޮމަންޑޫ، އއ.ތޮއްޑޫ، އއ.ދަނގެތި، އދ.ދިގުރަށް

ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫއުތަކަށް އެހީވުމަށް އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ކުރޭޑިޓް ފެސިލިއެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއެކުރެވުނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިންޑިއާ އަށް މިއަހަރު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާއިން ވަނީ ރާއްޖޭގެ ތަރައްޤީގެ އެކި މާޝްރޫއުތަކަށް އެހީވުމަށް 1.4 ބިލިއަން ޑޮލަރުގެ ކުރެޑިޓް ފެސިލިޓީއެއް ޤާއިމް ކުރުމަށް ނިންމާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close