ޙަބަރުމަޖިލިސް އިންތިހާބު 2019

48 ގަޑިއިރު ތެރޭ ވައްޑެގެ ކެމްޕެއިން ހަރަކާތްތައް މެކުހަށް

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ކުރިއަށް އޮޔް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ މުޙައްމަދު ވަހީދު (ވައްޑެ) ގެ ކެމްޕެއިން ހަރަކާތްތައް ވޭތުވެ ދިޔަ 48 ގަޑިއިރު ތެރޭ އިތުރަށް ފުޅާކޮށް މެކުހަށް ޖަހައިފިއެވެ. ވައްޑެގެ ކެމްޕެއިން ޓީމުން ވަނީ އުނގޫފާރު ދާއިރާގެ 3 ރަށުގައި ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ކެމްޕެއިން ކުރުމުގެ ބޮޑު 7 ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ވައްޑެގެ ކެމްޕެއިން ޓީމުން މިދިޔަ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު ވަނީ ވަރަށް ކާމިޔާބު މަގުމަތީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ. މަގުމަތީ ހަރަކާތްތަކުގައި ވައްޑެގެ ޓީމުން ވަނީ ދޮރުން ދޮރަށް ޒިޔާރަތް ކުރުމުގެ އިތުރުން ވައްޑެގެ ސިޔާސަތުތަކާއި އެޖެންޑާ 19 ގެ ދަށުން ރައްޔިތުންނަށް ހުރި އުފާވެރިކަމާއި ފަހި ފުރުސަތުތައް ކިޔައިދީފައެވެ. މި މަގުމަތީ ހަރަކާތްތަކުގައި ވައްޑެގެ ވައުދުތަކާ ޝިއާރުތައް ހިމެނޭ ކެމްޕެއިން ބެނާތައް ދެމުމާއި ޕޯސްޓަރު ހިއްޕުން ވެސް ކުރިއަށް ދިޔައެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު (ވައްޑޭ) ގެ ކެމްޕެއިން ހަރަކާތް – އުނގޫފާރު ގައި މަގުމަތީގެ ބެނަރ ދެމުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން

މީގެ އިތުރުން ވައްޑެ ވަނީ ހުކުރު ދުވަހުގެ ރޭ އުނގޫފާރުގައި ޒުވާނުންގެ ޙާއްސަ ފޯރަމް އެއް  ކުރިއަށް ގެންގޮސްފައެވެ. އުނގޫފާރު އޯކޭ ސިޕްސް ކެފޭގައި ކުރިއަށް ދިޔަ މި ފޯރަމްގައި ވައްޑެ އަދި ކެމްޕެއިން ޓީމުން ވަނީ ޒުވާނުންގެ އިހުސާސްތައް އަޑުއަހާ ޒުވާނުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވާފައެވެ. އަދި ވައްޑެ ވަނީ އެޖެންޑާ 19 ގެ ދަށުން ޒުވާނުންގެ ކުރިމަގަށް ހުރި ފަހި ފުރުސަތުތައް ޒުވާނުންނާ ޙިއްސާކޮށްފައެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު (ވައްޑޭ) ގެ ކެމްޕެއިން ހަރަކާތް – ޒުވާނުންގެ ފޯރަމް

ހުކުރު ދުވަހުގެ ރޭ ވައްޑެގެ ކެމްޕެއިން ޓީމުން ވަނީ ހުރިހާ ޒުވާނުންނަށާއި ރައްޔިތުންނަށް ހުޅުވާލައިގެން ޙާއްސަ ބާބެކިއުއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު (ވައްޑޭ) ގެ ކެމްޕެއިން ހަރަކާތް – އުނގޫފާރު ހަރުގައި ބާބެކިއު ކުރިއަށް ގެންދަނީ

ވައްޑެގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ހުކުރު ދުވަހު މެންދުރު ފަހު ވަނީ ހުޅުދުއްފާރުގެ އަންހެން ކަނބަލުންގެ ޓީމެއް ވެސް އުނގޫފާރަށް ޒިޔާރަތްކޮށްފައެވެ. މި ޓީމުން ވަނީ އެ ދުވަހު މެންދުރާއި ހަވީރު އުނގޫފާރުގައި ޑޯޓޫޑޯ ހަރަކާތް ކުރިއަށް ގެންގޮސް އެޖެންޑާ 19 ގެ ސިޔާސަތުތައް ރައްޔިތުންނާ ޙިއްސާކޮށްފައެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު (ވައްޑޭ) ގެ ކެމްޕެއިން ހަރަކާތް – އުނގޫފާރު ޑޯޓްޑޯ ޓީމް މާކުރަތުގައި

ހޮނިހިރު ދުވަހު ހެނދުނު އުނގޫފާރުގެ އަންހެނުންނާއި ފިރިހެނުން ހިމެނޭ ކެމްޕެއިން ޓީމެއް ވަނީ 2 ލޯންޗެއްގައި މާކުރަތައް ދަތުރުކޮށްފައެވެ. މި ޓީމުން ވަނީ މާކުރަތުގައި ޑޯޓޫޑޯ ޖައްސާ ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށް ގެންގޮސްފައެވެ. ކެމްޕެއިން ޓީމް އުނގޫފާރަށް އެނބުރި އައީ ހޮނިހިރު ދުވަހު ހަވީރެވެ.

އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު (ވައްޑޭ) ގެ ކެމްޕެއިން ހަރަކާތް – އުނގޫފާރު ޑޯޓްޑޯ ޓީމް މާކުރަތުގައި

6 އޭޕްރިލް 2019 ވާ ހޮނިހިރު ދުވަހު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުހެ އިންތިޚާބަށް މިހާރު 6 ދުވަހަށް ވެފައި ވާއިރު ވައްޑެގެ ކެމްޕެއިން ޓީމުން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކަކީ މި ކެމްޕެއިންގެ ފޯރި އިތުރަށް ގަދަވެގެން ދާނެ ދުވަސްތަކެކެވެ. އަދި ﷲގެ އިރާދުފުޅުން މި ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓު ކާމިޔާބުކޮށް އެޖެންޑާ 19 އިން ރައްތިތުންނަށް އުފާފާގަތިކަން ލިބުން ވަރަށް ގާތް ވެއްޖެ ކަމަށް ކެމްޕެއިން ޓީމުން މަޢުލޫމާދެއެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close