ޙަބަރުމަޖިލިސް އިންތިހާބު 2019

އިލްހާމްގެ ކެމްޕެއިން ތަކެއްޗަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފި

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހުރީ ޕާޓީގެ ޓިކެޓުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އިލްހާމް އަހުމަދު ކެމްޕެއިން ތަކެއްޗަށް ބަޔަކު ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ރޭގެ ވަގުތެއްގައި އިލްހާމްގެ ކެމްޕެއިން ތަކެއްޗަށް ބަޔަކު ގެއްލުންދީފައި ވަނީ ރ.ހުޅުދުއްފާރުގައެވެ.

އެކަން ކުރި ބަޔަކު ރޭ ވަނީ އިލްހާމްގެ ކެމްޕެއިން ބެނާތައް ކަނޑާލައި، ޕޯސްޓަރުތައް ވީދާލާފައެވެ. އިލްހާމްގެ ކެމްޕެއިން ޓީމުން މަޢުލޫމާތު ދިން ގޮތުގައި މިކަމަކީ ކޮންމެ ބަޔަކު ކުރި ކަމެއް ކަމުގައި ވިޔަސް ވަށަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމަށާއި މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި މިފަދަ ކެނޑިޑޭޓުންގެ އިންތިޚާބީ ހައްޤުތަކަށް އުނިކަން އަންނަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އިލްހާމްގެ ކެމްޕެއިން ޓީމުން ގޮވާލިއެވެ.

އިލްހާމްގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި މިފަދަ ޢަމަލުތަކުގެ ސަބަބުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށާއި އިލްހާމަށް ދާއިރާގެ 3 ރަށުގައި އޮތް ތާއީދު ދާނީ ދުވަހުން ދުވަހަށް އިތުރުވަމުން ކަމަށެވެ. އަދި ކެމްޕެއިން ޓީމުން ބުނި ގޮތުގައި މިއީ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ކެރިގެން ކުރާ މަސައްކަތެއް ކަމަށާއި ﷲ އިރާދަފުޅުން މި ގޮނޑި އިލްހާމް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެއެވެ.

އިލްހާމްގެ ކެމްޕެއިން ޕޯސްޓަރުތައް ވީދާލާފައި

އޭޕްރިލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީގު އިންތިޚާބަށް ފަހު 5 ދުވަސް ގުނަމުން ދާއިރު ކުރީގެ ރައީސް ޔާމީން އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތާއިދާ އެކު އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އިލްހާމްގެ ކެމްޕެއިން ހަރަކާތްތައް 5 ވަނަ ގިޔަރުގައި ވަރަށް ފޯރީގައި ދަނީ ކުރިއަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close