ޙަބަރު

އޭވައިސީން އަލިފުށި އަދި އަނގޮޅިތީމްގައި ބޭއްވި ދަރުސްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

އަނގޮޅިތީމު ޔޫތު ކުލަބު (އޭ.ވައި.ސީ) އިން އިންތިޒާމު ކޮށްގެން ރ.އަތޮޅުގެ ބައެއް ރަށްރަށުގައި ދަރުސް ބޭއްވުމަށް ހިންގުނު ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ހަރަކާތުގައި އޭވައިސީން ވަނީ ރ.އަނގޮޅިތީމް އަދި ރ.އަލިފުށީގައި ދަރުހެއް ބާއްވާފައިއެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތުދެއްވަމުން އޭވައިސީން ބުނި ގޮތުގައި މިދަރުސްތަކަށް ގިނަބައެއްގެ އެންބާރުލުން ލިބިގެން ދިޔަ ކަމަށާއި އަދި ޙާއްސަ ފަރާތެއްގެ ގޮތުގައި އޭވައިސީން އިސްމާއިލް ސުޖާއުގެ ނަން ފާހަގަކުރިއެވެ. އޭވައިސީގެ ރައީސް އަލީ ޖިނާހް ވިދާޅުވި ގޮތުގައި އިސްމާއިލް ސުޖާއު އަކީ ރަށުގެ ކުލަބު ޖަމިއްޔާ ތައް އަދި އެކި އެކި ފަރާތައް މެދުވެރިވެ އިޖުތިމާއި ކަންމުގައި ވަރަށް ބޮޑަށް އެހީތެރިވެދެއްވާ ބޭފުޅެއްކަމަށާއި މި ދަރުސްތައް ކުރިއަށް ގެންދިއުމުގައި އޭނާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔައެވެ.

“އަނގޮޅިތީމު ޔޫތު ކުލަބު (އޭ.ވައި.ސީ) ގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑު އަދި އަޅުގަނޑުގެ ޓީމު ނުކުމެ ކުލަބު ހިންގުމުގައި މި ރާވާ ކަންކަމުގައި އިސްމާއިލް ސުޖާއު އަކީ ވަރަށް ހިތްވަރު ދެއްވާ އަދި އަބަދުވެސް ރަށް އަދި ކާރި ރަށްރަށުގެ ބައިވެރިވުން އޮންނާނެ ގޮތަށް ކަންކަން ކުރުމަށް އިސްނަންގަވާ ބޭފުޅެކެވެ. އަޅުގަނޑުމެން ބައެއް ފަހަރު ކަން ކަން ކުރުމުގައި އާއްމުންގެ އެއްބާރުލުން ކުޑަވުމުން މާޔޫސްވާ ފަހަރު ތަކުގައި ވެސް ކޮންމެސް ކަމެއްކޮށްގެން އާއްމު ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދެއްވާ، އިޖުތިމާއި ކަންކަމަކީ އެއްމެ ބޮލުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކި ލައްވާ ބޭފުޅެއްގެ ގޮތުގައި ވަރަށް ފާހަގަ ކުރެވެޭ” އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން ޖިނާހް ވިދާޅުވިއެވެ.

އޭވައިސީން މަޢުލޫމާތުދޭ ގޮތުގައި މި ދަރުސް ސީރިސް އަކީ ﷲ ގެ ވާގިފުޅާއެކު ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ރާވާފައި ވާ ދަރުސް ސީރިސް އެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިދަރުސްތައް ވާދޫ، ރަސްގެތީމް، ހުޅުދުއްފާރު އަދި އަތޮޅުގެ އިތުރު ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް އޭވައިސީން މަޢުލޫމާތުދެއެވެ.

އޭވައިސީން ބުނި ގޮތުގައި އެ ކުލަބުގެ އުއްމީދަކީ އެ ކުލަބުން ކުރާ މިފަދަ މަސައްކަތްތަކުގައި އަތޮޅުގެ ކުލަބު ޖަމިއްޔާ ތަކާއި އަދިވެސް އެހެނިހެން އިދާރާތަކުން ބައިވެރިވެ، އާއްމު އެއްމެންނަށް ފައިދާ އާއި މަންފާ ކުރާނެ ކަންކަން ގެނެސްދީ، ދޭދޭ ގުޅުން އިތުރުވާނެ ގޮތްތައް ހޯދާ އާޢިލީ ގުޅުމާއި އެކުވެރިކަން އިތުރުވާނެ ގޮތްތަކެއް ހޯދުމެވެ. މީގެ އިތުރުން އޭވައިސީން އިސްނަގައިގެން ކުރާ މަސައްކަތްތައް ފުޅާކޮށް އަނގޮޅިތީމުގެ އިތުރުން ދާއިރާ އަދި ރ އަތޮޅަކީ ތަރައްގީ އާއި ތަހުޒީބުގެ ތަފާތު ތައްކާނެ ބައެއްގެ ގޮތުގައި ހެދުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close