ޙަބަރުމަޖިލިސް އިންތިހާބު 2019

ތަރައްޤީގެ ބޮޑެތި ތަސައްވުރުތަކަކާއެކު ވައްޑެގެ ސިޔާސަތުތައް ހާމަކޮށްފި

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ މުޙައްމަދު ވަހީދު (ވައްޑެ) ގެ ސިޔާސަތުތައް ހާމަކޮށްފިއެވެ. ތަރައްޤީގެ ނާރެހުގައި އުނގޫފާރު ދާއިރާ އުދުހެން ފަށާނެ ބޮޑެތި ސިޔާސަތުތަކެއް ވައްޑެ ހާމަކުރެއްވީ ރޭ އުނގޫފާރުގައި ބޭއްވި ވައްޑެގެ ޙާއްސަ ކަންމަތީ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވައްޑެ، އުނގޫފާރުގެ ޒުވާނުންނަށް ޔަޤީންކަން ދެއްވާފައި ވަނީ ރާއްޖޭގައި އެޅޭނެ އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އުނގޫފާރުގައި ތަރައްޤީ ކުރާނެކަމެވެ. ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނުން ރާއްޖޭގައި އެންމެ ފުރަތަމަ އަޅަން ނިންމާފައިވާ ފެންވަރު ރަނގަޅު 20 ދަނޑުގެ ތެރޭގައި ޕްރިއޮރިޓީ 1 ގެ ގޮތުގައި ( އެންމެ އިސްކަންދޭ ދަނޑުގެ) ގޮތުގައި އުނގޫފާރު ފުޓްބޯޅަ ދަނޑު ހިމަނާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާގައި އުނގޫފާރު ދާއިރާ އަދި ރ.އަތޮޅަށް ބޮނޑު އިންޤިލާބެއް ގެނުވާނެ މަޝްރޫއެއް ކަމުގައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ސަރުކާތުގެ ސިޔާސަތުގެ ތެރެއިން ތަރައްޤީ ކުރައްވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ. އުނގޫފާރު ރީޖަަނަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުވުމުން އެންމެ މަތީ ފެންވަރުގެ ސިއްޙީ ފަރުވާ ސީދާ ރ.އަތޮޅުން ލިބިގެން ދާނެެެއެވެ.

މަތީ ތަޢުލީމް ޙަސިލްކުރުމަށް މާލެ ދާން ޖެހުން ހުއްޓުވާ ސީދާ އުނގޫފާރުން އަދި ދާއިރާގެ ރަށްރަށުން ޔުނިވަސީޓީ ފެންވަރުގެ މަތީ ތަޢުލީމް ލިބޭނެ ގޮތަށް ތަޢުލީމީ ދާއިރާ ތަރައްޤީކުރައްވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ. އުނގޫފާރުގެ އަދި ރ.އަތޮޅުގެ އެތައް ޒުވާނުންނެއް މިހާރުވެސް މާލޭގައި އަދި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމް ޙާސިލްކުރަމުން ދާއިރު ވައްޑެގެ މި ސިޔާސަތަކީ އެ ޒުވާނުންނަށް ކުރިމަގުގައި ދިއްލިގެން ދާނެ އުންމީދީ ދަންމަރެކެވެ.

މީގެ އިތުރުން އެޖެންޑާ 19 ގެ ދަށުން ސަރުކާރުގެ ބޯވިޔާވެހިކަމުގެ ސިޔާސަތުގެ ތެރެއިން އުނގޫފާރުގެ ރައްޔިތުން ގެެދޮރުވެރި ކުރުވުމަށް އުނގޫފާރުގެ ބިން ހިއްކިގެން ދާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

މިހުރިހާ ކަމެއް ފުރިހަމަވެގެން އަންނަ އިރު  ސަރަހައްދުގެ އިޤުޠިސޯދީ ހަބެއްގެ ގޮތުގައި އުނގޫފާރު ތަރައްޤީވެގެން ދާނެ ކަމަށް ވައްޑެގެ ވިދާޅުޥިއެވެ. އޭގެ ސަބަބުން އުނގޫފާރު ވެގެން ދާނީ ސަރަހައްދުގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައި ވައްޑެ ފާހަގަކުރެއްވިއެވެ.

އެޖެންޑާ 19 ޑްރާފުޓް ކުރެއްވި ގަލަމުގެ ވެރިޔާ، މުޙައްމަދު ވަހީދުގެ ކެމްޕެއިން ޓީމުން ބުނި ގޮތުގައި އުނގޫފާރު ދާއިރާގެ ކެނޑިޑޭޓުންގެ ތެރެއިން ވައްޑެ އަކީ ކަޅާއި، ހުދުން ލިޔެވިފައިވާ ތަރައްޤީގެ ތަސައްވުރަކާއި ސިޔާސަތުތަކާ އެކު ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ހަމައެކަނި ކެނޑިޑޭޓެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close