ޙަބަރުމަޖިލިސް އިންތިހާބު 2019

ކެންޑިޑޭޓުގެ ވަނަވަރު: ޢަބްދުލް މަތީން މުޙައްމަދު، ނާރެސް / ރ.ހުޅުދުއްފާރު

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ތައާރަފް

އަބްދުލްމަތީން މުހައްމަދަކީ ރ. ހުޅުދުއްފާރު ނާރެސް މުހައްމަދު އަލީ އާއި ފާތުމަތު ޔޫސުފަށް ލިބުނު 10 ކުދިންގެ ތެރެއިން ހަ ވަނަ ބޭފުޅާއެވެ. ދާއިމީ އެޑްރެހަކީ ނާރެސް، ރ.ހުޅުދުއްފާރެވެ. ޒަމާނުއްސުރެ، ބޭސްވެރިކަމާއި މަސައްކަތްތެރިކަމާއި ރަށާއި އަތޮޅު ފެންވަރުގެ ހިދުމަތްތަކާއި ގައުމީ ހިދުމަތުގައި ފާހަގަކޮށްލެވޭ ޚިދުމަތްތެރިން މަތީންގެ އާއިލާގައި ހިމެނެ އެވެ.

މަތީން އަކީ އިލްމީ ބޭފުޅެކެވެ. އެކި ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވެ އެވެ. ސަރުކާރުގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވި އެވެ. އޭނާ އެންމެ ފަހުން ރައްޔިތުންގެ މަޖިލިހަށް ނުކުމެވަޑައިގަތީ، ސިޔާސީ ގޮތުންނާއި އެހެން ދާއިރާތަކުން ލިބިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި، ދާއިރާއަށް ޚިދުމަތްކުރެއްވުމަށެވެ.

މަޠން ބައިނަލް އަޤުވާމީ ކޮންފެރެންސް ތަކުގައi ރާއްޖެ ތަމްސީލްކޮށްދެއްޗި

ތައުލީމީ ގޮތުން ރަން ވަނަތަކެއް

އުފަން ރަށުގެ އެދުރުންނާއި މުދައްރިސުންގެ ގާތުން ފެއްޓެވި ތައުލީމީ ހަޔާތް ކުރިއަށް ގެންދެވުމަށް ޅަ އުމުރުގައި މާލެ ވަޑައިގެން ވެންނެވީ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާ އަށެވެ. އަރަބި އިސްލާމީ ތަޢުލީމުގެ ބިންގަލުގެ މަތީގައި މައުހަދުގައި ތައުލީމު ހާސިލްކުރައްވަމުން ގެންދަވަނިކޮށް ގަތަރުން ލިބިވަޑައިގެންނެވި ސްކޮލަޝިޕެއްގައި ސާނަވީ ތައުލީމު ފުރިހަމަކުރެއްވީ ސައިންސްގެ ދާއިރާއިންނެވެ. ގަތަރުގައި ސާނަވީ ތައުލީމު ފުރިހަމަ ކުރައްވާ ނިންމެވި އަހަރު އެ އިމްތިހާންގެ ހެދި ދަރިވަރުންގެ ތެރެއިން ދެ ވަނަ ހާސިލުކުރެއްވި އެވެ.

އޭގެ ފަހުން ޔުނިވަސިޓީ ތައުލީމު ކުރިއަށް ގެންދެވީ ބަހްރައިން ސަރުކާރުގެ ސްކޮލަޝިޕެއްގައި ޔުނިވަސިޓީ އޮފް ބަހްރައިންގައި އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާ އިންނެވެ. ޔުނިވަސިޓީގައި ފުރަތަމަ ޑިގްރީ ނިންމެވި އަހަރު އެ ޕްރޮގްރާމްގެ ދަރިވަރުންގެ ތެރެއިން ދެވަނަ ހާސިލްކުރެއްވި އެވެ. ތައުލީމީ ހަރުފަތްތަކުގައި ކުރިއަށް ވަޑައިގެން މާސްޓާސް ޑިގްރީ ނިންމެވީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގައި ބިލްޑިން ސާވިސަސް އިންޖިނިއަރިންގެ ދާއިރާއިން އިންނެވެ. މާސްޓާސް ޑިގްރީ ނިންމެވީ މުޅި ކޯހުން އެއްވަނަ ހޯއްދަވައިގެންނެވެ. މަތީންގެ މާސްޓާސް ޑިގްރީ ހާއްސަ ކުރެއްވީ އިމާރާތްތަކުގައި ހަކަތަ ސަމަކާރަ ކުރުމަށާއި، ސާފު ހަކަތަ ބޭނުންކުރުމުގެ މައްޗަށެވެ.

މަތީންއަކީ އިނގިރޭސިބަހާއި އަރަބިބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

މަސައްކަތުގެ ތަޖުރިބާގައި ގާބިލް ބޭފުޅެއް

ތައުލީމީ ގޮތުން ރަން ވަނަތަކެއް ހާސިލްކުރެއްވުމަށް ފަހު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ މަތިވެރި އަޒުމުގައި މަތީން އެންމެ ފުރަތަމަ އުޅުއްވީ 1998 ގައި ސްޓެލްކޯގެ އިލެކްޓްރިކަލް އިންޖިނިއަރެއްގެ ވަޒީފާގަ އެވެ. އެ ދުވަސްވަރު މާލެ އާއި ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ގާއިމްކުރުމާއި ހިދުމަތް ފޯރުކޮށްދިނުމުގައި ކުންފުނީގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވި އެވެ.

ސްޓެލްކޯ އިން ވަކިވެވަޑައިގަތުމަށް ފަހު މާސްޓާސް ޑިގްރީ ނިންމަވައި ހިދުމަތް ކުރައްވަން ފެއްޓެވީ، ނޮދަން ޔޫޓިލިޓީސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގަ އެވެ. އެ މަސައްކަތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ކުރި މަސައްކަތުގައި އެ ދާއިރާއަށް މުހިންމު ކުރިއެރުންތަކެއް ހޯއްދަވައި ދެއްވި އެއް ބޭފުޅަކީ ވެސް މަތީން އެވެ.

އިންޖިނިއަރިން ދާއިރާގައި ކޮންސަލްޓަންޓެއްގެ ގޮތުގައި 2010 އިން ފެށިގެން މަސައްކަތް ކުރެއްވުމަށް ފަހު 2012 ގައި ހަވާލުވެވަޑައިގެންނެވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާ އެވެ. ރާއްޖޭގެ ސާފު ހަކަތައިގެ ދާއިރާ އާއި ފެނާއި ނަރުދަމާގެ ހިދުމަތް ތަރައްގީކޮށް، ކުރިއެރުވުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް ދެއްވުމަށް މަސައްކަތް ކުރެއްވި އެވެ. ސްޓޭޓް މިނިސްޓަރު ކަން ހަތް އަހަރު ކުރެއްވުމަށް ފަހު އަނެއްކާ މިހާރު މަސައްކަތްކުރައްވަނީ އިންޖިނިއަރިން ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.

މަތީންގެ ހިދުމަތް ފުޅާވެފައި، މުޅި ރާއްޖެ އަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ދުވަހު ސާފު ހަކަތަ އާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ތަރައްގީ ކުރުމުގައި ސަރުކާރުން ހޯދި ކާމިޔާބީތަކުގެ އެއް ހިއްސާދާރަކީ މަތީން އެވެ. ތިމާވެއްޓާ ބެހޭ ވަޒީރުގެ ބެއްލެވުމުގެ ދަށުން މި ދާއިރާ ބެލެހެއްޓެވީ ވެސް އޭނާ އެވެ. މި މަސައްކަތްތައް ރާވައި މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ހޯދުމުގައި އުޅުނު ޓީމުގެ އިސް ލީޑަރަކީ ވެސް އޭނާ އެވެ.

ހއ. ތުރާކުނުން ފެށިގެން އައްޑުއާ ހަމައަށް މަތީންގެ ހިދުމަތް އޮތީ ފޯރައިފަ އެވެ. ރ. ހުޅުދުއްފާރުގެ ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމު އަދި ރ. އުނގޫފާރުގެ ފެނުގެ ނިޒާމާއި މާކުރަތުގެ ނަރުދަމާގެ ނިޒާމުގެ މަޝްރޫއު އިތުރުން، އުނގޫފާރުގައި ރައްޔިތުންނަށް ކަރަންޓު ދޭން މިހާރު ބޭނުން ކުރާ އަވިން ހަކަތަ އުފައްދާ ނިޒާމު ބޭރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރީ މަތީންގެ ބެއްލެވުމުގެ ދަށުންނެވެ.

ގައުމަށް ހިދުމަތް ކުރެއްވުމަށް މަތީނަށް ލިބިވަޑައިގެންނެވި 20 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގިނަ ދަތުރުތަކެއް ކުރައްވައި، ރާއްޖޭގެ ހާލަތު ގާތުން ތަޖުރިބާ ކުރެއްވި އެވެ. އަދި ރާއްޖެ އިން ބޭރުގައި ބޭއްވި ދުނިޔޭގެ ފެންވަރުގެ ޖަލްސާތަކުގައި ރާއްޖެ ތަމްސީލްކުރެއްވި އެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

އެހެންވިއްޔާ މަތީން ވަރުގެ ބޭފުޅަކު މިފަހަރު މިދާއިރާއަކަށް ކުރިމައްޗެއްނުލައެއްނު މަގޭވޯޓު މަތީނައް ދޭނަން އިޝާﷲ

ކިޔާލުން ރަނގަޅު

Close
Close