ކޮވިޑް-19

ޚަބަރުރ.އަތޮޅުވަޒީފާ

ވަޒީފާގެ ފުރުސަތު – މީރާ އުނގޫފާރު ކަލެކްޝަން ސެންޓަރ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އުނގޫފާރު ކަލެކްޓިން ސެންޓަރަށް ޓެކްސް އޮފިސަރ (ޓްރޭނީ) އެއްގެ މަޤާމަށް މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ. މިވަޒީފާގެ އަސާސީ މުސާރައަކީ 4000.00 ރުފިޔާއެވެ.

އިތުރު އިނާޔަތެއްގެ ގޮތުގައި ނޮން-ޕްރެކްޓިސިންގ އެލަވަންސް ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި ސަރވިސް އެލަވަންސް ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ލިބޭނެއެވެ. ލިވިންގ އެލަވަންސް ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން ލިބޭނެއެވެ. އަދި މީގެ އިތުރުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން ލިބޭނެއެވެ.

މިމަޤާމުގެ ޝަރުތަކީ އޭލެވެލް 1 މާއްދާއިން ‘ސީ’ ފާސް އަދި އޯލެވެލް 4 މާއްދާއިން ‘ސީ’ ފާސް ލިބިފައިވުންމެވެ. އަދި މިފާސްތަކަކީ ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވާން ޖެހޭނެއެވެ.

މި މަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 އެޕްރީލް 2019  ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މީރާގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. ރ. އަތޮޅުގައި ނަމަ މީރާ އުނގޫފާރު ކަލެކްޝަން ސެންޓަރ – 16:00 ގެ ކުރިން ލިބިވަޑައިގަންނަވާނެއެވެ. އަދި މާލޭގައި ނަމަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ – 16:00 ގެ ކުރިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ފޯން: 1415 އަދި އީމެއިލް: hr@mira.gov.mv   ވެބްސައިޓް: www.mira.gov.mv  ނުވަތަ http://www.gazette.gov.mv/iulaan/view/99704 އަށް ޒިޔާރަތް ކުރެއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close