ރ.އަތޮޅުމަޖިލިސް އިންތިހާބު 2019

ކޮމަންވެލްތު އޮބްޒާވަރުން މަތީންއާ ބައްދަލުކޮށްފި

ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރަން ކޮމަންވެލްތުން ރާއްޖެއަށް ފޮނުވި ވަފުދުން މަތީންއާއި ބައްދަލުކޮށްފި އެވެ. އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާފައިވާ، އަބްދުލް މަތީން މުހައްމަދު ވިދާޅުވީ ވަފުދުން ސުވާލުކުރީ ކެމްޕޭން ކުރުމުގެ ހަމަހަމަ ފުރުސަތު އޮތްތޯ އާއި އިންތިހާބުގެ އިންތިޒާމުތަކާ މެދު ކަންބޮޑުވުމެއް އޮތްތޯ ބަލަން ކަމަށެވެ. އެގޮތުން ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރައްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އިންތިހާބުގެ ކެމްޕޭންގައި ސިޔާސީ ޕާޓީތަކުން ހިންގާ، ކަންބޮޑުވާ ފަދަ ކަންތައްތަކުގެ މައުލޫމާތު އަޅުގަނޑު ހިއްސާކުރިން ވަފުދުގެ ބޭފުޅުންނާ،” އޭނާ ވިދާޅުވި އެވެ.

ކޮމަންވެލްތު ވަފުދުގައި ހިމެނި ވަޑައިގަންނަވަނީ އިންތިހާބުތައް ބޭއްވުމާއި ގާނޫނީ، ސިޔާސީ އަދި ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާކާރު 13 ބޭފުޅުންނެވެ. އިންތިހާބް އޮބްޒާވް ކުރުމަށް ފަހު އެ ވަފުދުން ތައްޔާރުކުރާ ރިޕޯޓް ފުރަތަމަ ހުށަހަޅާނީ އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލޭންޑަށެވެ. އެ ރިޕޯޓް ދިވެހި ސަރުކާރަށާއި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާނީ އޭނާ އެވެ.

މިފަހަރުގެ އިންތިހާބު އޮބްޒާވްކުރަން ބައިނަލްއަގުވާމީ 30 ފަރާތެއް ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ. އެގޮތުން މި އިންތިހާބު އޮބްޒާވްކުރަނީ ކޮމަންވެލްތާ އެކު ހަ ޖަމާއަތަކުންނާއި ހަތަރު ގައުމަކުންނެވެ. އިންތިހާބް އޮބްޒާވްކުރާ ޖަމާއަތްތަކުގެ ތެރޭގައި ކޮމަންވެލްތުގެ އިތުރުން ޔޫރަޕިއަން ޔޫނިއަނާއި އޭޝިއަން ނެޓްވޯކް ފޯ ގްރީ އިލެކްޝަންސް ހިމެނެ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close