ޙަބަރު

ރައީސް ޞާލިހް މާދަމާ އުނގޫފާރަށް ވަޑައިގަންނަވަނީ

ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މާދަމާ އުނގޫފާރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެމަނިކުފާނު އުނގޫފާރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މާދަމާ މެންދުރު 12 ޖަހާއިރުއެވެ.

ރައީސްގެ މި ދަތުރުފުޅަކީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ރ.އަތޮޅުގެ ދާއިރާތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި މާދަމާ އިނގުރައިދޫ އަދި މަޑުއްވަރި އަށް ވެސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އުނގޫފާރަށް ވަޑައިގެން ޢާންމުންނާ ބައްދަކުކުރައްވާނެއެވެ. އަދި ރައީސްގެ ޝަރަފުގައި އުނގޫފާރުގައި އޮންނަ މެންފުރުގެ ފަރިކޮޅެއްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އުނގޫފަށް ފަހު މެންދުރު ފަހު 13:30  ގައި އިނގުރައިދޫ އަށް އަދި މެންދުރު ފަހު 14:55 ގައި ވަޑައިގަންނަވާނީ މަޑުއްވަރިއަށެވެ. މި 2 ރަށަށް ވަޑައިގެން ވެސް އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ތޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލައްވާ ފުރާ ވަޑައިގަންނަވާނީ ހަވީރު 16:10 ގައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ހުސްވި މަހު ވަނީ ރ.އަލިފުއްޓަށް ވެސް ވަޑައިގެންފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar

ކިޔާލުން ރަނގަޅު

Close
Close