ޙަބަރުރ.އަތޮޅު

އުނގޫފާރު ސްކޫލް އަދި އަލިފުށި ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އަޅާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އުނގޫފާރު ސްކޫލް އަދި އަލިފުށި ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ 2 ބުރި އިމާރާތް އަޅާނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީ މިއަދު އިއުލާންކޮށްފިއެވެ. އުނގޫފާރު އަދި އަލިފުށި ސްކޫލްގެ އިތުރުން ވ.އަތޮޅު ތަޢުލީމީ މަރުކަޒު، ތ.ގުރައިދޫ ސްކޫލް، ޅ.ކުރެންދޫ ސްކޫލް އަދި ވ.ކެޔޮދޫ ސްކޫލްގެ މަލްޓިޕާޕަސް ހޯލް އިމާރާތް ކުރުމަށް  މިނިސްޓްރީން މިއަދު ވަނީ ބީލަން ހުޅުވާލާފައެވެ.

މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައި ބުނެފައިވާ ގޮތުގައި މި މަޝްރޫއަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) ގެ އުޞޫލްގެ ދަށުންނެވެ. އަދި  މި މަޝްރޫއު ތަކުގެ ބީލަން ހުޅުވުން އޮންނާނީ 9 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސްގެ ނެޝަނަލް ޓެންޑަރ ހޯލްގެވެ.

އުނގޫފާރު ސްކޫލް، އަލިފުށި ސްކޫލް އަދި ހުޅުދުއްފާރު ސްކޫލްގައި މަލްޓި ޕާޕަސް ހޯލްއެއް އިމާރަތް ކުރުމަށް ދަޢުލަތުގެ މިއަހަރުގެ ބަޖެޓުގައި ކޮންމެ ޕްރޮޖެކްޓަކަށް 1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މީގެ އިތުރުން ރ.މަޑުއްވަރީ ސްކޫލްގައި ވެސް މަލްޓި ޕާޕަސް ހޯލެއް އިމާރަތް ކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ކިނބޫ ސޯލިހު Recent comment authors
ކިނބޫ ސޯލިހު
Guest
ކިނބޫ ސޯލިހު

މަގުހެދުން ހުއްޓާލާފަ މިސަރުކާރުން މެގަ÷ޮރޮޖެކްތަކައް 1 މިލިަން ރުފިޔާގެ މަލްޓިޕާޕަސް ހޯލެއް ކޮބާހީވޭ

Close