ޙަބަރުމަޖިލިސް އިންތިހާބު 2019

އެންޓި ކެމްޕޭނަށް ސަމާލުވޭ! މަތީނު ހުރީ ސާބިތުކަމާއިއެކު ރައްޔިތުންނާއިއެކު!

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓު ނަންބަރު 1 ޢަބްދުލްމަތީނުގެ އިންތިޚާބީ ޙައްގަށް އުނިކަން އަންނާނޭ ފަދަ ކަންކަމާއި ޢަމަލުތައް ވާދަވެރި ކެންޑިޑޭޓެއްގެ ފަރާތުން ފެންނަމުންދާ ކަމަށާއި، މި ކަންކަމާއިމެދު ދާއިރާގެ ރައްޔިތުން ސަމާލުވުމަށް މަތީނުގެ ކެމްޕޭން ޓީމުން އިލްތިމާސްކޮށްފިއެވެ.

މިގޮތުން މަތީނު ނަން އަނބުރާ ގެނައުމަށްފަހު ވާދަވެރި ކެންޑިޑޭޓަށް ތާއީދުކޮށްފައިވާކަމަށް ނުވަތަ ފަހު ވަގުތު ތާއީދު ކުރާނޭކަމަށްބުނެ ފަތުރަމުންދަނީ ދޮގު މަޢުލޫމާތެއްކަމަށް އެބޭފުޅާގެ ޓީމުން ހާމަކުރެއްވިއެވެ. މީގެ އިތުރުން މަތީނާއިބެހޭގޮތުން ޙަގީގަތާއި ޚިލާފު ވާހަކަތައް ދައްކަމުން ގެންދާކަމަށާއި، މިފަދަވާހަކަ ދައްކާ ފަރާތްތަކުގެ މާޔޫސްކަން ވަރަށް ބޮޑަށް މިކަންކަމުން ހާމަވާކަމަށްވެސް އެފަރާތުން ފާހަގަކުރެއްވިއެވެ.

އެހެން ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގުތަކަށް އުނިކަން އަންނާނޭފަދަ ކަންކަން ކުރުމަކީ ދިވެހިރާއްޖޭގެ އިންތިޚާބުތަކާއިބެހޭ ޤާނޫނުތަކާވެސް ޚިލާފު ކަމެކެވެ. އެހެން ކަމުން މިފަދަ ކަންކަމާ ހުރިހާ ފަރާތްތަކުންވެސް ދުރުވެ ތިބެ ޤާނޫނީ އިމުގެ ތެރެއިން ކެމްޕޭން ޙަރަކާތްތައް ގެންދިއުމަކީ މަތީންގެ ޤާނޫނީ ޓީމުގެ ނަސޭހަތެއް އަދި އިލްތިމާސްއެކެވެ.

ދާއިރާގެ ރައްޔިތުންގެ އިޙްސާސްތައްހުރީ ދާއިރާގެ ޤާބިލް ކެންޑިޑޭޓަކަށް ދާއިރާގެ ގޮނޑި ދޭންކަން ވަރަށްބޮޑަށް ސާފުވެފައިވާތީ، މަތީންއާއި ކެމްޕޭން ޓީމުންތިބީ ދާއިރާގެ ރައްޔިތުންގެ އުންމީދުތައް ޙާޞިލްކޮށްދެވޭނޭކަމުގެ ފުރިހަމަ ޔަގީންކަމާއިއެކުގައެވެ. އެހެން ކަމުން، ދާއިރާގެ ރައްޔިތުން ހޮނިހިރު ދުވަހު ވީހާވެސް ހެނދުނާ ވޯޓުލާ މަރުކަޒުތަކަށް ވަޑައިގެން ކެންޑިޑޭޓު ނަންބަރު 1 އަށް ވޯޓު ލެއްވުމަށް މަތީންގެ ކެމްޕޭން ޓީމުން އިލްތިމާސްކުރައްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close