ޙަބަރުމަޖިލިސް އިންތިހާބު 2019

މަތީނުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށް އުމަރު ނަސީރު އުނގޫފާރަށް ވަޑައިގެންފި!

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

އުނގޫފާރު ދާއިރާގެ މަޖިލިސް ކެންޑިޑޭޓު ޢަބްދުލް މަތީނު މުޙައްމަދުގެ ކެމްޕޭން ނިންމާލުމުގެގޮތުން އުނގޫފާރުގައި ހިނގަމުންދާ ޚާއްޞަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އުނގޫފާރަށް ވަޑައިގެންފިއެވެ. އުމަރު އުނގޫފާރަށް ވަޑައިގަތުމުން މަތީންގެއިތުރުން ދާއިރާގެ ގިނަ ޢަދަދެއްގެ ރައްޔިތުންން އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ.

މަތީނުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން އުނގޫފާރުގައި މިއަދު ހަވީރު ޚާއްޞައެއް ރެލީއެއްވެސް އޮންނާނެއެވެ. މިރެލީގައި އުނގޫފާރާއި، ހުޅުދުއްފާރު އަދި މާކުރަތުން މަތީނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެއެވެ.

އުމަރު ނަސީރަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއިގުޅޭ މައްސަލަތަކުގައި ބަސް ވިދާޅުވެ، މަސްތުވާ ތަކެއްޗާއި ދެކޮޅަށް އަޑު އުފުލާ، ކުށްކުރުން މަދުކުރުމަށްގޮވާލާ ގައުމީ މަސްލަޙަތު ޙިމާޔަތްކުރުމަށް އަޑުހަރުކޮށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ. އުމަރު ގެންދަވަނީ އުމަރު ގަބޫލުކުރައްވާ އުސޫލުތަކަށް ތަބާވާ ބައެއް ކެންޑިޑޭޓުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. މަތީނުގެ ކެމްޕޭން ނިންމާލުމުގެ ރެލީގައި އުމަރު ނަސީރު ބައިވެރިވެ ވަޑައިގެންނެވުމަކީ އުސޫލުތަކަށް ތަބާވާ ދާއިރާގެ ރައްޔިތުންނަށް އުފާވެރި ޚަބަރަކަށްވާނޭކަމެކެވެ.

މަޖިލިސް ކެމްޕޭން ނިމުމަކަށް އައިސްފައިވާއިރު، ދާއިރާގެ ޤާބިލް ކެންޑިޑޭޓެއް ރައްޔިތުންގެ މަޖިލީހަށް ގެންނަން ބޭނުންވާ ގިނަ ޢަދަދެއްގެ މީހުންގެ ތާއީދު މަތީނަށް އެބައޮތެވެ. މީގެ އިތުރުން ކޮރަޕްޝަނާއިދެކޮޅު، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ވިޔަފާރިވެރިންގެ ނުފޫޒު ކުޑަކުރުމަށް ބޭނުންވާ ފަރާތްތަކާއި، ނަޒާހަތްތެރި މަންދޫބެއް ހޮވަން ބޭނުންވާ ފަރާތްތައްވެސް ތިބީ މަތީނުގެ ފަހަތުގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close