ޙަބަރުމަޖިލިސް އިންތިހާބު 2019

ރައީސް ޔާމީންގެ ފަހުބަސް: އަޅުގަނޑަށް ކަމެއް ކޮށްދެނީ ވިއްޔާ އިލްހާމް ހޮވައިދީ

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ އިލްހާމް އަޙުމަދަށް ތާއީދުރައްވާކަން ރައީސް ޔާމިން އަނެއްކާވެސް ހާމަކުރައްވައިފިއެވެ. މިއަދު ކުއްލި ގޮތަކަށް ރައީސް ޔާމީން ދެއްވާފައިވާ އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ފަރާތުން އެއްވެސް މަންދޫބެއް ފޮނުއްވާފައި ނުވާކަމަށާއި، ރައީސް ޔާމީންގެ ނަމުގައި އެފަދަ ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ.

ރައީސް ޔާމިން އީޝާރަތްކުރެއްވީ މަތީންއަށް ވޯޓުދިނުމަށް އެދި އުނގޫފާރު ދާއިރާއަށް ރައީސް ޔާމިންގެ މަންދޫބެއް ފޮނުވާފައިވާ ކަމަށް އަޑު ފެތުރިފައިވާތީ އެކަމަށެވެ. އޯޑިއޯ މެސެޖުގައި ރައީސް ޔާމިން ޔަޤީންކޮށްދެއްވީ އެމަނިކުފާނުގެ ފަރާތުން އެފަދަ މަންދޫބެއް  ފޮނުވާފައި ނުވާނޭ ކަމަށެވެ. ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ވިދާޅުވަން ބޭނުންވާ ވާހަކަފުޅެއް ވިއްޔާ އެމަނިކުފާނު ދޫފުޅުން ސީދާ ރައްޔިތުންނާ މުޚާތަބުކޮށް ރައްޔިތުންނަށް އިވޭނޭ ގޮތަށް ވިދާޅުވާނޭ ކަމަށާއި މަންދޫބުން ފޮނުވާކަށް ނުޖެހޭނޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މި ގޮނޑި ގެއްލިގެން ދާން ނޭދޭ ކަމަށާއި، މި ގޮނޑި އިލްހާމަށް ދިނުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ. އަދި ރައިސް ޔާމީންގެ ބަހެއް އަހާނެ ކޮންމެ މީހަކު މިއަދު އިލްހާމަށް ވޯޓް ދެއްވާ އިލްހާމް މި ގޮނޑީގައި ބައިންދާލަ ދިނުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އުނގޫފާރު ދާއިރާއަށް ކުރިމަތި ލައިގެން އުޅުއްވާ މަތީނަށް އެއްވެސް ތާއީދެއް ނުކުރައްވާ ކަމަށާއި، ރައީސް ޔާމީން ތާއީދު ކުރައްވަނީ އިލްހާމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. ރައީސް ޔާމިން މީގެ ކުރިން ވަނީ މާކުރަތުގައި ކުރިއަށް ދިޔަ އިލްހާމްގެ ކެމްޕެއިން ބައްދަލުވުމަކަށް ފޯނުން ގުޅުއްވާ ދެއްވި ޙާއްސަ މެސެޖެއްގައި ވެސް އިލްހާމްއަށް ދާއީދުކުރުމަކީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ރަސްމީ ނިންމުމެއްކަން ހާމަކުރައްވާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close