ޙަބަރުމަޖިލިސް އިންތިހާބު 2019

އަޅުގަނޑު މަތީންއަށް ތާއީދެއް ނުކުރަން – ރައީސް ޔާމީން

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

މާދަމާ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އުނގޫފާރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޢަބްދުލް މަތީން މުޙައްމަދަށް ތާޢީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ޔާމީން މިހެން ވިދާޅުވީ މިއަދު ކުއްލި ގޮތަކަށް ދެއްވި އޯޑިއޯ މެސެޖެއްގައެވެ.

ޔާމީން މި މެސެޖު ދެއްވާފައި ވަނީ މަތީން އަށް ތާއީދުކޮށްދިނުމަށް އެދި ރައީސް ޔާމިންގެ ފަރާތުން އުނގޫފާރު ދާއިރާއަށް މަންދޫބެއް ފޮނުވާފައިވާ ކަމަށާއި ރައީސް ޔާމިން އެދެނީ މަތީންއަށް ވޯޓު ދިނުމަށް ކަމަށް ބަޔަކު އަޑު ފަތުރާތީ އެކަން ސާފުކޮށްދިނުމަަށެވެ. ރައީސް ޔާމީން ދެއްވާފައިވާ އޯޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ފަރާތުން އެއްވެސް މަންދޫބެއް ފޮނުއްވާފައި ނުވާކަމަށާއި، ރައީސް ޔާމީންގެ ނަމުގައި އެފަދަ ކަންކަން ނުކުރުމަށް ގޮވާލާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މި ގޮނޑި ގެއްލިގެން ދާން ނޭދޭ ކަމަށާއި، މި ގޮނޑި އިލްހާމަށް ދިނުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ. އަދި ރައިސް ޔާމީންގެ ބަހެއް އަހާނެ ކޮންމެ މީހަކު މިއަދު އިލްހާމަށް ވޯޓް ދެއްވާ އިލްހާމް މި ގޮނޑީގައި ބައިންދާލަ ދިނުމަށް ރައީސް ޔާމީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އުނގޫފާރު ދާއިރާއަށް ކުރިމަތި ލައިގެން އުޅުއްވާ މަތީނަށް އެއްވެސް ތާއީދެއް ނުކުރައްވާ ކަމަށާއި، ރައީސް ޔާމީން ތާއީދު ކުރައްވަނީ އިލްހާމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close