ޙަބަރުމަޖިލިސް އިންތިހާބު 2019

ޒުވާނުން އިލްހާމަށް އޮތް ތާއީދު ދައްކާލައިފި!

ނޯޓް: މި ލިއުމަކީ 19 ވަނަ ރައްޔިތުންގެ މާޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ވިޔަފާރި އުޞޫލުން ކެނޑިޑޭޓުންނަށް ދެވިފައިވާ ފުރުސަތުގެ ދަށުން ލިޔެވިފައިވާ ލިއުމެކެވެ.

މާދަމާ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހުރީ ޕާޓީގެ ޓިކެޓުގައި އަދި ޕީޕއެމް ޕީއެންސީ ކޯލިޝަންގެ ތާއީދާއެކު އުނގޫފަރު ދާއިރާއަށް ވާދަކުރައްވާ އިލްހާމް އަހުމަދުގެ ކެމްޕެއިންގެ އެންމެ ފަހު ހަރަކާތްތައް ފެށިގެން ދާއިރު ދާއިރާގެ 3 ރަށުގެ ޒުވާނުން އިލްހާމަށް އޮތް ތާއީދު ދައްކާލުމަށް ހިނގާލުމެއް ފެށިގެން ކުރިއަށް އެބަދެއެވެ.

އުނގޫފާރު ދާއިރާގެ 3 ރަށުގައި ކުރިއަށްދާ މި ހިނގާލުމުގައި ބައިވެރިވުމަށް ކުރާ ދަތުރުގައި 7 ލޯންޗު ފުރެންދެން ޒުވާނުން ދަތުރުކުރިއެވެ. މާކުރަތުގައި ފެށުނު މި ހިނގާލުމުގެ ބައިވެރިން ދެން ދަތުރު ކުރީ އުނގޫފާރަށެވެ. އުނގޫފާރަށް ފަހު ހުޅުދުއްފާރުފައި މި ހިނގާލުން ކުރިއަށްދާނެއެވެ.

މި ހިނގާލުމުގައި ޒުވާނުން ވަނީ އިލްހާމަށް ތާއީދުކުރާކަން ހާމަކޮށް އަޑު އުފުލާފައެެވެ. އަދި ޒުވާނުންގެ އުންމީދުތައް ގުޅިފައި ވަނީ އިލްހާމްއަށް މި ގޮނޑި ކާމިޔާބުވުން ކަމުގައި ޒުވާނުން ބުނަމުން ދިޔައެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close