ކޮވިޑް-19

[covid-19-global-overview]
ރަށު ކުޅިވަރުކުޅިވަރު

އަލީ އަރުޝަދު (މެސީ އައްޔަ) ޑަބަލް އެލް އަށް ބަދަލުވެއްޖެ!

 އެފްސީ އޯކޭގެ މިޑްފީލްޑަރ އަލީ އަރުޝަދު (މެސީ އަށްޔަ) ޑަބަލްއެލްއަށް ބަދަލުވެއްޖެއެވެ.

އަލީ އަރުޝަދަކީ އެފްސީ އޯކޭގެ މެދުތެރޭގައި މޮޅުކުޅުމެއް ދެއްކި އަދި އުނގޫފާރުގައި ފާހަގަ ކޮށްލެވޭވަރުގެ މޮޅު ކުޅުންތެރިއެކެވެ. ހާއްސަގޮތެއްގައި އައްޔައަކީ ފުޓުސަލްގައި އުނގޫފާރުގެ އެންމެ މަތީ ފެންވަރުގައި ގުނައިލެވޭ ވަރުގެ ކުޅުންތެރިއެކެވެ.

ޑަބަލްއެލްގެ ކޯޗް އިސްމާއިލް ނާފިޒް ބުނީ އައްޔަ ޓީމާއި ގުޅުން ވެގެންދިޔައީ ލިބުނު ވަރަށް ބޮޑު އުފަލަކަށް ކަމަށާއި އައްޔަ ގުޅުމާއި އެކު ޓީމު ވަރަށް ބޮޑުތަނުން ބޫސްޓު ވެގެންދާނެކަމަށެވެ. ހާއްސަގޮތެއްގައި އައްޔައަކީ ފުޓްސަލްގައި ޓީމަށް ލިބުނު ޖަވާހިރެއްގެ ގޮތުގައި އިއްސެ ވަނީ ސިފަ ކުރައްވާފައެވެ. އިތުރަށް އިއްސެ ބުނެފައިވަނީ އައްޔަ އަކީ އުނގޫފާރުގައި ތިބި މޮޅެތިކުޅުންތެރިންގެ އެންމެމަތީފަންތީގައި ގުނާލެވޭވަރުގެ ކުޅުންތެރިއެއްކަމަށާއި ދަނޑުމަތީގައި ލީޑުކޮށް ޓީމްޕްލޭޔަރެއްގެ ގޮތުގައި އައްޔަ ފެނިގެންދާނެކަމަށް ޔަގީންކުރާ ކަމަށެވެ. އަދި ނިމިގެންދިޔަ ތިޔަމަސްއެކްސް ފުޓްސަލް ޗެލެންޖުގައި އައްޔަ ފަރާތުން ފެނުނު ލީޑަރޝިޕާއި މޮޅުކުޅުމަށް އިއްސެވަނީ ވަރަށް ބޮޑަށް ތައުރީފްކޮފައެވެ.

އަލީ އަރްޝަދު (ކ) ކޭޑީ އެފްޓީގެ ޖޯޒީގައި

އަލީ އަރުޝަދު އުނގޫފާރު.ކޮމް އަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ޑަބަލްއެލް އަށް ކުޅުމަކީ ހުވަފެނެއްކަމަށާއި އިއްސެގެ ކޯޗުކަމުގެ ދަށުގައި ކުޅުމަކީ ވަރަށް ބޭނުންވެފަ ހުރިކަމެއް ކަމަށެވެ. އަދި ޑަބަލްއެލް އަށް ބަދަލުވުމުގެ ވިސްނުން އައީ ޑަބަލްއެލް ޓީމުގައި އެކީ ކުޅެލަން ބޭނުންވެފައި ތިބި ބައިވަރު ކުޅުންތެރިންތަކެއް ތިބުމާވެސް އެކުކަމަށެވެ.

އުނގޫފާރުގެ ގިނަ ޓީމުތަކަކުން ކަޅިއަޅަމުން ދިޔަ ހުނަރުވެރި އަލީ އަރުޝަދު ޑަބަލްއެލް އާއި ގުޅިފައިވަނީ 2 އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close