ޙަބަރުރ.އަތޮޅު

އަލިފުށި، އުނގޫފާރު، ދުވާފަރު އަދި އިނގުރައިދޫ ދާއިރާ އެމްޑީޕީއަށް، މަޑުއްވަރީ ދާއިރާ ޕީއެންސީ އަށް

އިއްޔެ ކުރިއަށް ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ރ.އަތޮޅު 5 ދާއިރާގެ ވަގުތީ ނަތީޖާ މިހާރު ކަށަވަރުވެފައި ވާއިރު ރ.އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް ވެރިކަން ކުރާ އެމްޑީޕީން ހޯދައިފިއެވެ.

އެމްޑީޕީން ވަނީ ރ.އަތޮޅުގެ އަލިފުށި ދާއިރާ، އުނގޫފާރު ދާއިރާ، ދުވާފަރު ދާއިރާ އަދި އިނގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބުުރައްވާފައެވެ. އެހެން ނަމަވެސް މަޑުއްވަރީ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ވަނީ ކުޑަ ތަފާތަކުން ނާކަމިޔާބުވެފައެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރެއްވި ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

ރ.އަތޮޅުގެ ދާއިރާ ތަކުގެ ތެރެއިން އަލިފުށި ދާއިރާގެ ގޮނޑި މުޙައްމަދު ރަޝީދު ހުސެއިން (ބިގޭ) ދިފާއުކުރައްވާފައި ވާއިރު އުނގޫފާރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ މުޙައްމަދު ވަހީދު (ވައްޑެ) އެވެ. އަދި ދުވާފަރު ދާއިރާގެ އިސްމާއިލް އަހުމަދު އަދި އިނގުރައިދޫ ދާއިރާގެ ގޮނޑި ހަސަން އަހުމަދު (ހަސަންޓޭ) ވަނީ ކާމިޔާބުކުރައްވާފައެވެ.

މީ ރ.އަތޮޅުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީން ހޯދި ފުރަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ ޖުމްލަ 69 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސުޕާރ މެޖޯރިޓީ ހޯދާފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close