ޚަބަރުރ.އަތޮޅު

ރ.މަޑުއްވަރީ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ރ.މަޑުއްވަރީގައި މީހަކު ދަންޖެހިގައި ހުއްޓާ ފެނިއްޖެއެވެ.  ދަންޖެހިފައި ހުއްޓާ ފެނުނީ ހުސެއިން ނާއިފް ކިޔާ އުމުރުން 28 އަހަރުގެ މީހެއް ކަމަށް އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބެއެވެ. އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިރޭގެ 8:30 ހާއިރުއެވެ.

ނާއިފް ދަންޖެހިފައި ވަނީ ދިރިއުޅޭ ގޭގެ ކޮޓަރިތެރޭގައި ފަންކާގައި ބެޑްސީޓެއް އައްސައިގެންނެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެ ގޭ ތެރޭގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. އެރަށުން މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި ނާއިފް ފެނުނު އިރު ވަނީ މަރުވެފައި ކަމަށާއި ދަންޖެހުނުތާ 1 ގަޑި އިރު ވަރު ވެދާނޭ ކަމަށެވެ.

މަޑުއްވަރީ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ދަންޖެހިފައިވާ ހަބަރު ލިބުމުން މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ހުންނަވާ  ޑޮކްޓަރު މެދުވެރިކޮށް ހަށިގަނޑު  ބެލި ބެލުމުން އޭނާ މަރުވެފައިވާ ކަންކަށަވަރުވެފައި ކަމަށެެވެ. ކައުންސިލުން އިތުރަށް މަޢުލޫމާތު ގޮތުގައި އުނގޫފާރުން ފުލުހުންގެ ފޮރެންސިކް ޓީމެއް މިހާރު ވަނީ މަޑުއްވަރިއަށް ގޮސްފައެވެ.

(އިތުރު ތަފްޞީލް އަންނަނީ)

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close