ޙަބަރުރ.އަތޮޅުމަޖިލިސް އިންތިހާބު 2019ސިޔާސީ

ވައްޑޭ މާލެ ދިއުމުން ހޫނު މަރުހަބާއެއް ކިޔައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު ވައްޑޭ މާލެ ދިއުމުން ވައްޑޭއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ވައްޑޭގެ ރައްޓެހިންނާއި އާއިލާ އަދި ސަޕޯޓަރުން ވައްޑޭއަށް މައުހަބާ ކިޔާފައިވަނީ ހުޅުލޭ އެއާޕޯޓުންނެވެ.

އިއްޔެ މެންދުރު ފްލައިޓުން ވައްޑޭ މާލެ ދިޔައިރު މަރުހަބާ ކިއުމަށް ސަޕޯޓަރުން ތިބީ  އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލް ކުރިމަތީ އެތުރިލައިގެންނެވެ. ސަޕޯޓަރުން ވަނީ މަރުހަބާގެ ބެނައަކާއެކު މާބޮނޑިއެއް އަރުވާފައެވެ.

ވައްޑޭ މިއިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެން އުނގޫފާރު ދާއިރާގެ އުނގޫފާރު ހުޅުދުއްފާރު އަދި މާކުރަތުގައި ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ. އުނގޫފާރު ރައްޔިތުންނަށް ޝުކުރު އަދާކޮށް ބޭއްވި ރޭގަނޑުގެ ހަފްލާ އޮތީ 7 އޭޕްރީލް 2019 ވީ އާދީއްތަ ދުވަހުގެރޭ 20:30 ގައި އުނގޫފާރު އިން ކުރިމަތީގައެވެ. މި ހަފްލާގައި އުނގޫފާރުގެ ގިނައަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

މާލޭގައި ތިބި ދާއިރާގެ ރަށްޔިތުންނަށް ބޭއްވި ހަފްލާ އޮތީ ރޭ 21:00 ގައި ސްކައިފޯ ރެސްޓޯރަންޓްގައެވެ.

މިއިންތިހާބުގައި މާލެ އަދި ދާއިރާގެ ތިންރަށުގައި ހުރި ފޮށިތަކުން ވައްޑޭވަނީ ތަފާބޮޑުކޮށް ކުރިހޯދާފައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

This slideshow requires JavaScript.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close