ޚަބަރުރ.އަތޮޅު

އުނގޫފާރު ފެރީ ޓާމިނަލް ޑިޒައިންކޮށްދީ އަދި ބީއޯކިއު ތައްޔާރުކޮށްދޭން ހުށައެޅީ 4 ފަރާތަކުން

ރ އުނގޫފާރު

އުނގޫފާރު ކައުންސިލުން ތަރައްޤީ ކުރުމަށް ނިންމާފައިވާ ފެރީ ޓާމިނަލްގެ 3ޑީ ކުރެހުމަކާއި ބިލް އޮފް ކުއެންޓިޓީސް (ބީއޯކިއު) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އުނގޫފާރު ކައުންސިލުން ހުޅުވާލި ފުރުސަތުގައި 4 ފަރާތަކުން މިމަސައްކަތައް ކުރިމަތި ލައިފިއެވެ.

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުން އޮތީ އިއްޔެ ހެނދުނު 11:30 ގައި އުނގޫފާރު ކައުންސިލް އިދާރާގައެވެ. މައުލޫމާތު ލިބިފައިވާގޮތުން  4 ފަރާތަކުން އަގު ހުށައަޅާފައިވާއިރު ހުށައެޅި އަގުތައްހުރީ 44 ހާސް ރުފިޔާ އާއި 160 ހާސް ރުފިޔާ އާއި ދެމެދުއެވެ.

ފެރީޓާމިނަލް އަމިއްލަ ތަކެތީގައި އިމާރާތްކޮށް ވިޔަފާރި އުސޫލުން ހިންގައިދޭނެ ފަރާތެއް ހޯދުމަށް މީގެކުރިން ދެފަހަރު ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ.

2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ތައާރަފު ކުރެއްވި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމުގެ ސިޔާސަތުގެ ދަށުން ގާއިމުކުރި ދައުލަތުގެ ފެރީނިޒާމުގެ ތެރެއިން އެކަނިވެސް އަހަރަކު އެއްލައްކަ އަށްވުރެ ގިނަ މީހުން އުނގޫފާރަށް ޒިޔާރަތްކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close