ޙަބަރުމަޖިލިސް އިންތިހާބު 2019

އުނގޫފާރު ކަނބަލުންގެ ސަޕްރައިސް ސައިފޮދެއް ކެމްޕެއިން ޓީމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާއިން ހާއްސަކޮށް އުނގޫފާރުން އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ވަހީދު (ވައްޑޭ) އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އުނގޫފާރު އެމްޑީޕީ އަންހެން ކަނބަލުންގެ ފަރާތުން ކެމްޕެއިން ޓީމަށް ހާއްސަކޮށްގެން ސައިފޮދެއް މިއަދު ހަވީރު ބާއްވައިފިއެވެ.

އެމްޑީޕީ ހަރުގޭގައި ކުރިއަށްދިޔަ މިސައިފޮދަކީ އަންހެން ބޭފުޅުން އިސްނަގައިގެން ތައްޔާރުކުރި ސައިފޮދެކެވެ. ކެމްޕެއިން ޓީމަށާއި ކެމްޕެއިންގައި ހަރަކާތްތެރިވި އަދި އެމްޑީޕީއަށް ތާއީދުކުރާ ފިރިހެންބޭފުޅުންނަށް ދައުވަތު ދީގެން ބޭއްވި މިސައިފޮދުގައި ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެމުން ސައިފޮދުގައި ބައިވެރިވި ފަރާތަކުން ބުނީ ހަވީރު 16:30 އަށް ކެމްޕެއިން ޓީޝާޓްގައި ހާއްސަ ހަރަކާތެއްގައި ބައިވެރިވުމަށް ހުރިހައި ފިރިހެން ބޭފުޅުންނަށް އެސްއެމްއެސް އަކުން ދައުވަތު ލިބުނުކަމަށެވެ. ހަރުގެއަށް އައީ އާދައިގެ މަތިން ހަރަކާތަކަށް ތައްޔާރުވެގެން ކަމަށާއި ގިނަ މީހުންނަށް މިވެގެން އުޅޭގޮތް އެނގުނީ ހަރުގެއަށް އައީމަ ކަމަށެވެ.

މިސައިފޮދު ކުރިއަށްދިޔައިރު ހޯދި ބޮޑު ކާމިޔާބީ އާއި ކުރިބުރަ މަސައްކަތް ފާހަގަކޮށް ހަދާފައިވާ ލަވައެއް ކަނބަލުންގެ ފަރާތުން ހުށައަޅާދީފައިވެއެވެ. އަދި ސައިފޮދުގެ ތެރެއިން ކެމްޕެއިން ޓީމުގެ ފަރާތުން ހުސައިން ޝިހާމް އަދި ރ އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝާހިދުވަނީ ބައިވެރިންނާއި މުހާތަބުކޮށް އަދި ކަނބަލުންގެ މި ސަޕްރައިސް ހަދިޔާއަށް ޝުކުރު އަދާކޮށްފައެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close