ރ.އަތޮޅު

ޕިކްނިކް އޭރިއާ މާދަމާ އާންމުންނަށް ހުޅުވާލަނީ

އުނގޫފާރު ކައުންސިލުން އުނގޫފާރުގެ ދެކުނު ފަރާތު ގޮނޑުދޮށުގައި ޕިކްނިކް އޭރިއާއެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ސަރަހައްދައި މިހާރު ޤާއިމް ކުރެވިފައިވާ ތަކެއްޗާ ޚިދުމަތްތައް މާދަމާ އާންމުކޮށް ހުޅުވާލުމަށް އެ ކައުންސިލުން ނިންމައިފިއެވެ.

އުނގޫފާރު ކައުންސިލުން ތަރައްޤީކުރަމުންދާ މި ސަރަހައްދުގައި މިހާރު ވަނީ ފުޓްބޯޅަ އަދި ވޮލީބޯޅަ ކުޅެވޭނެ ތަންތަން ތަރައްޤީކުރެވިފައެވެ. އަދި ޕިކްނިކް އޭރިޢާ ބޭނުންކުރާ މީހުން އިށިއިނދެ ތިބެވޭނެ ގޮތަށް ހަދާފައިވާ އެކި  ކަހަލަ ބެންޗުތައް ވަނީ އެސަރަހައްދުގެ އެކި ހިސާބުތަކުގައި ބެހެއްޓިފައެވެ. މީގެ އިތުރުން ގަސްގަހާއި ރުއްރުކުގައި އުނދޯލި އެލުވާފައި ވުމާއި މޫދަށް އެރިއުޅޭ މީހުން ފެންވެރޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.

އުނގޫފާރުގައި ތަރައްޤީ ކުރަމުންދާ ޕިކްނިކް އޭރިއާ

މާދަމާ އެ ސަރަހައްދު ޢާންމުންނަށް ހުޅުވިގެން ދާއިރު އެ ސަރަހައްދުގައި ޤާއިމްކޮށްފައިވާ ވަޞީލަތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނޭ ހެން ވީހާވެސް ދިގު މުއްދަތަކަށް މިތަކެތީގެ ފައިދާކުރާނޭހެން ބޭނުން ކުރުމަށް އުނގޫފާރު ކައުންސިލުން އިލްތިމާސްކުރެއެވެ. އަދި ކައުންސިލުން ބުނިގޮތުގައި އެސަރަހައްދުގެ އެއްވެސް ރުއްގަހަކަށް ގެއްލުން ވާނޭހެން ޢަމަލުތައް ނުބެހެއްޓުމަށާއި ތަނުގެ ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ ކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

އުނގޫފާރުގައި ޕިކްނިކް އޭރިއާއެއް ތަރައްޤީ ކުރުމަށް ކައުންސިލުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ކައުންސިލުން ބުނި ގޮތުގައި އެގޮތަށް ނިންމާފައި ވަނީ އުނގޫފާރުގައި މިކަމަށް ޙާއްސަ ސަރަހައްދެއް ނެތުމާއި، ރަށުގެ އެކި ދިމަދިމާއިން ރައްޔިތުން ޕިކްނިކް ދިއުމަށް ބޭނުންކުރަމުންދާ ސަރަހައްދު ތަކަކީ މިކަމަށް އެންމެ ރައްކާތެރި ސަރަހައްދުތަކަށް ނުވާތީ މިކަމަށް ރައްކާތެރި ހިތްފަސޭހަ މާހައުލެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަޤުސަދުގެއެވެ.

މިފަދަ ތަންތަނަކީ ރަށުގެ އެންމެންގެ ލާބަޔާ މަންފާއަށް ބޭނުންކުރެވޭ ތަންތަން ކަމުގައި ވުމާއެކު މިފަދަ ތަންތަން ބޭނުން ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަކީ ރަށުގެ ކޮންމެ ރައްޔިތެއްގެ ވެސް މަސްޢޫލިއްޔަތެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Mmmm Recent comment authors
Mmmm
Guest
Mmmm

😊😊😂

Close