ޙަބަރު

އެކަނި ކަނޑުމައްޗަށް ނުނިކުތުމަށް ކައުންސިލުން އިލްތިމާސްކޮށްފި

ކަނޑު އުޅަނދުފަހަރުގައި އެކަނި ކަނޑުމައްޗަށް ނިކުމެ އުޅުން މިހާރަކަށް އައިސް ރާއްޖޭގެ އެކި ހިސާބުތަކުގައި އާންމުވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފާހަގަކޮށްފައި ވާތީ އުނގޫފާރު އެއްވެސް ރައްޔިތަކު އެކަން އެގޮތަށް ނުކުރުމަށް އުނގޫފާރު ކައުންސިލުން އިލްތިމާސްކޮށްފިއެވެ. އުނގޫފާރު ކައުންސިލުން މިގޮތަށް އެދިފައި ވަނީ އެކައުންސިލުން ނެރުނު ބަޔާނެއްގައެވެ.

އެކަނި ކަނޑަށް ނިކުމެ އުޅުމަކީ ރާއްޖޭގެ ކަނޑު ދަތުރުފަތުރާ ބެހޭ ޤާނޫނާއި ޤަވާއިދުތަކުގައި މަނާކަމެކެވެ. އެހެން ނަމަވެސް އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ހެދިފައިވާ މިފަދަ ޤަވާއިދުތަކަށް އިހުތިރާމް ނުކުމުގެ ސަބަބުން މާޒީގައި އެކި ކަހަލަ ހިތްދަތި ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. ތިމާ އަކީ ކަނޑުމައްޗަށް ކިތަންމެ ފަރިތަ މީހެއް ކަމުގައި ވީ ނަމަވެސް ހާދިސާއެއް ހިނގާއިރު ގިނަފަހަރަށް އޮންނީ މިކަމުގެ ސަބަބުން ރައްކާތެރި ވާނޭ ގޮތެއް ނެތިފައެވެ.

އުނގޫފާރު ކައުންސިލުން ބުނި ގޮތުގައި އުނގޫފާރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ކައުންސިލްގެ ޒިންމާގެ ދަށުގައި ވާ ކަމެއްކަމުގައި ވުމާއެކު އެންމެންގެ ސަލާމަތަށްޓަކައި ހެދިފައި ހުންނަ މިފަދަ ޤަވާއިދުތަކަށް އިހުތިރާމްކޮށް އެއަށް ޢަމަލު ކުރުމަށް އެދޭކަމަށެވެ. އަދި އުނގޫފާރުގައި ދިރިއުޅޭ އެއްވެސް ރައްޔިތަކު އެކަނި ކަނޑުމައްޗަށް ނުނިކުތުމަށް ނަސޭހަތްތެރިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close