ޙަބަރު

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކްގެ ފަރާތުން ބާއްވާ ފޯރަމް އެއް މާދަމާ އުނގޫފާރުގައި

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކުގެ ފަރާތުން ބާއްވާ ފޯރަމްއެއް މާދަމާ އުނގޫފާރުގައި ބޭއްވުމަށް ނިންމައިފިއެވެ. މި ފޯރަމް ކުރިއަށް ދާނީ މާދަމާ ހެނދުނު 9:00 ން ހަވީރު 16:00 އަށް ކުލަބް ޔޫތުސްޓާރގެ ހޯލްގައެވެ. މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކުން މަޢުލޫމާތުދޭ ގޮތުގައި މި ފޯރަމްގެ މަޤުސަދަކީ ސަރުކާރުގެ އިސްލާހީ އެޖެންޑާ އޮޅުންފިލުވައި ދިނުމާއި، ސަރުކާރުގެ ނިޒާމްތަކަށް ރައްޔިތުންގެ މެދުގައި އިތުބާރު އުފެއްދުމާއި އަދި އިސްލާހީ އެޖެންޑާއާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމެވެ.

މި ފޯރަމްގައި ރ.އަތޮޅު ކައުންސިލް އިދާރާ، އުނގޫފާރު ކައުންސިލް، އުނގޫފާރު މެޖިސްޓްރޭޓް ކޯޓް، އުނގޫފާރު ސްކޫލް، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ އިތުރުން އުނގޫފާރުގެ ކުލަބު ޖަމިއްޔާތައް ބައިވެރިވާނެއެވެ. މި ބައްދަލުވުމަށް ކޮންމެ އިދާރާއަކާއި ކުލަބު ޖަމިއްޔާ އަކުން ވެސް 3 ފަރާތަކަށް ދަޢުވަތު އަރުވާފައި ވާއިރު އެ ތަންތަނުގެ ފައިނޭންސް ސެކްޝަނުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ސިޔާސަތުތައް ކަނޑަ އަޅާ ލެވެލްގެ ބޭފުޅުން ބައިވެރިވުމަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކްގެ އެދުމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close