ޚަބަރު

ކުލަބް ޔޫތު ސްޓާރ އިން އުނގޫފާރު ސްކޫލްގައި ވެއިޓިން އޭރިއާއެއް ތަރައްޤީ ކުރަނީ

ދަރިވަރުން ގޮވައިގެން އަދި ދަރިވަރުން ބަލާ ނުވަތަ އެކި ބޭނުންތަކަށް އުނގޫފާރު ސްކޫލަށް އައިސް ގޮސް އުޅޭ ބެލިނިވެރިން މަޑުކޮށްލުމަށް ކުލަބް ޔޫތު ސްޓާރ (ސީވައިއެސް) އިން އުނގޫފާރު ސްކޫލްގައި ވެއިޓިން އޭރީއާއެއް ތަރައްޤީ ކުރަން ފަށައިފިއެވެ.

މި ވެއިޓިން އޭރިއާ ތަރައްޤީ ކުރަން ފަށާފައި ވަނީ އުނގޫފާރ ސްކޫލްގެ ވަށާފާރުގެ އިރު އުތުރު ކަނާ ދިމާއިން އުނގޫފާރު ސްކޫލްގެ އޭވީ ރޫމާ އިން ވެގެންނެވެ. ކުލަބު ޔޫތުސްޓަރ އިން މަޢުލޫމާތު ދޭ ގޮތުގައި މި ތަން ތަރައްޤީ ކުރުމުގެ ބޭނުމަކީ އުނގޫފާރު ސްކޫލަށް ކުދިން ގޮވައިގެން އަދި ކުދިން ބަލާ އަންނަ ބެލެނިވެރިން މަގުމަތީގައި، ގަދަ އަވީގައި ކޮޅަށް ތިބެން ޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެން ހޯދުމުގެ ގޮތުންނެވެ.

ކުލަބް ޔޫތު ސްޓާރ އިން މަޢުލޫމާތު ދޭ ގޮތުގައި އެ ކުލަބުން މިފަދަ 3 އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ. އަދި ވެއިޓިން އޭރިއާ ތަރައްޤީ ކުރާ ފުރަތަމަ ތަނެއްގެ ގޮތުގައި އުނގޫފާރު ސްކޫލްގެ ގޯތި ތެރޭގެ އިރު އުތުރު ކަނާ ދިމާ ހިޔާރު ކުރީ އެ ދިމާއިން މަގުގެ އަނެއް ފަޅީގައި ސައިފް ޕްރީ ސްކޫލް ވެސް ހުރުމާއެކު އުނގޫފާރު ސްކޫލްގެ އިތުރުން ޕްެރީ ސްކޫލް ދަރިވަރުންގެ ބެލެނިވެރިން ވެސް ބޭނުން ކުރެވޭނެ ތަނެއް ކަމުގައި އެތަން ހެދުމެވެ.

ސްކޫލްގެ ގޯތި ތެރޭގައި ހިމެނޭ ގަސްތައް ވެސް ހިމެނޭ ގޮތަށް ބެލެނިވެރިން އިށިއިނދެލައިގެން ތިބެވޭނެ ހިތްފަސޭހަ ތަނެއް ގޮތުގައި އެތަން ތަރައްޤީ ކުރުމަށް ކުލަބް ޔޫތުސްޓަރ އިން ނިންމާފައިވާއިރު ކުލަބުން ލަފާކުރާ ގޮތުގައި މިތަން ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭ ނިންމާލެވޭނެއެވެ. އަދި މިތަނަކީ 1 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ ތަނެއް ކަމުގައިވާ ކުލަބުން މަޢުލޫމާތުދެއެވެ. ކުލަބުން އިތުރަށް ބުނި ގޮތުގައި މިތަނަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފަރު ދާއިރާގެ އިންތިޙާބީ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)ގެ ވަރަށް ބޮޑު އެހީތެރި ކަމަކާ އެކު އިމާރާތްކުރާ ތަނެއްކަމަށާއި އެކަމަށްޓަކައި ވައްޑެއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

ތަންކޮޅެއް ޖަޒީރާކޮށް ހެދިނަމަ މިއޮއްފަދަ ޖަޒީރާ ޒަމާނުގަ

Close