ޚަބަރުރ.އަތޮޅު

އިންނަމާދޫ ކަނު އަނދިރީގައި

އިންނަމާދޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހި، އިންނަމާދޫ އިން ކަރަންޓު ކެނޑި މިރޭ އެ ރަށު ރައްޔިތުން ކަނު އަދިރީގައި ހޭދަކުރަން ޖެހިއްޖެއެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން އިންނަމާދޫ ކައުންސިލުން ބުނި ގޮތުގައި އިންނަމާދޫގައި ކަރަންޓުގެ މައްސަ ދިމާވާތާ މިހާރު 4 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި އިންނަމާދޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ 3 ޖަނަރޭޓަރުގެ ތެރެއިން 2 ޖަނަރޭޓަރަށް ބޭނުން ނުކުރެވޭ ވަރަށް މައްސަލަ ޖެހި 1 ޖަނަރޭޓަރުން ކަރަންޓު ދެމުން ދާތާ މިހާރު 4 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާކަމެވެ.

އިންނަމާދޫ އިންޖީނުގެ ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނާ ހަވާލާދީ ކައުންސިލުން ބުނި ގޮތުގައި އިންނަމާދޫން ކަރަންޓް ދާން ދިމާވާ ސަބަބަކީ އެންމެ ޖަނަރޭޓަރަކުން މުޅި ރަށަށް ބޭނުންވާ ވަރަށް ކަރަންޓް ނުދެވި، ލޯޑު ބޮޑުވެގެންނެވެ.. އެހެން ކަމުން ވޭތުވެ ދިޔަ 4 މަސްދުވަހުގެ ތެރޭގައި ދުވާލަކު 20 އަކަށް ފަހަރު ރަށުން ކަރަންޓު ކެނޑޭ ދުވަސްތައް ވެސް އަންނަ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. ކައުންސިލުން ބުނި ގޮތުގައި އެންމެ ފަހަށް ހުރި ޖަނަރޭޓަރު ވެސް މައްސަލަ ޖެހި ފާއިތުވި ދެ ތިން ދުވަހު ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ކަރަންޓާ ނުލާ އަދި ރޭގަނޑު ވެއްޖެއާ ކަނު އަނިދިރީގައެވެ.

ކައުންސިލުން ބުނި ގޮތުގައި ފެނަކާގެ ޓެކްނިކަލް ޓީމެއް އިންނަމާދޫގައި މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށާއި އެހެން ނަމަވެސް ކަރަންޓަށް އަވަސް ހައްލެއް ލިބޭނޭ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ. މިރޭ އަދި މާދަމާ ވެސް ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ނަމަވެސް ގެނެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ފެނަކައިގެ ޓެކްނިކަލް ޓީމާލާ ހަވާލާދީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައި ޓެކްނިކަލް ޓީމުން ފެނަކައިގެ މައި އިދާރާއާ ގުޅައިގެން މިކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އިންނަމާދޫ ކަރަންޓަށް ހައްލެއް ލިބޭނީ އިންނަމާދޫ އަށް އާ ޖަނަރޭޓަރެއް ލިބިގެން ކަމަށް ކައުންސިލުން ބުންޏެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close