ޚަބަރު

އުނގޫފާރު ސްކޫލް އަދި ހުޅުދުއްފާރު ސްކޫލްގެ ދަރިވަރުންގެ ކައުންސިލް ގުޅިގެން ޙާއްސަ ފޯރަމް އެއް ބާއްވައިފި

އުނގޫފާރު ސްކޫލްގެ ދަރިވަރުންގެ ކައުންސިލާއި ހުޅުދުއްފާރު ސްކޫލްގެ ދަރިވަރުންގެ ކައުންސިލް ގުޅިގެން ތަޖުރިބާ ހިއްސާކުރުމުގެ ފޯރަމްއެއް ބާއްވައިފިއެވެ. މި ފޯރަމްގައި ބައިވެރިވުމަށް ހުޅުދުއްފާރު ސްކޫލްގެ ދަރިވަރުން ކައުންސިލްގެ ޓީމް އިއްޔެ ވަނީ އުނގޫފާރަށް ޒިޔާރަތްކޮށްފައެވެ.

ދަރިވަރުންގެ ކައުންސިލަކީ ދަރިވަރުންގެ ކަންކަން އިންތިޒާމްކުރުމާއި، ދަރިވަރުންގެ ކަންކަމުގައި ދަރިވަރުންގެ ފަރާތުން ގޮތް ނިންމުމާއި، ދަރިވަރުންގެ ބަސް އިއްވުމާއި، ދަރިވަރުންނަށް ދަސްކޮށްދޭން ޖެހޭ ހުނަރާއި ލީޑާޝިޕް ދަސްކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަރިވަރުންތަކެއްގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.

އުނގޫފާރު ސްކޫލް އަދި ހުޅުދުއްފާރު ސްކޫލްގެ ސްޓޫޑެންޓް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ޙާއްސަ ފޯރަމްއެއްގައި ބައިވެރިވުމަށް ހުޅުދުއްފާރު ސްކޫލްގެ ދަރިވަރުން އުނގޫފާރަށް ޒިޔާރަތްކުރުން – ފޮޓޯ: އުނގޫފާރު ސްކޫލް

ދެ ސްކޫލްގެ ދަރިވަރުންގެ ކައުންސިލުން ގުޅިގެން ކުރިއަށް ގެންދިޔަ މި ފޯރަމްގައި ހުޅުދުއްފާރު ސްކޫލްގެ ދަރިވަރުންގެ ކައުންސިލްގެ ފަރާތުން އެ ސްކޫލްގެ ދަރިވަރުންގެ ކައުންސިލް މަސައްކަތްކުރާ ގޮތުގެ ޙާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅާފައިވެއެވެ. އަދި އުނގޫފާރު ސްކޫލްގެ ދަރިވަރުންގެ ކައުންސިލުން ވެސް ވަނީ އެ ކައުންސިލް މަސައްކަތްކުރާ ގޮތުގެ ޙާއްސަ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ.

މީގެ އިތުރުން މި ފޯރަމްގައި އުނގޫފާރު ސްކޫލްގެ ކެޕްޓަން ވަނީ ލީޑަޝިޕްއާ ބެހޭ ޙާއްސަ ސެޝަނެއް ނަގައިދީފައެވެ. އަދި ހުޅުދުއްފާރު ސްކޫލްގެ ސްޓޫޑެންޓް ކައުންސިލްގެ ދަރިވަރަކު ވަނީ “ތިންކިން އައުޓް އޮފް ބޮކްސް” މި މަޢުލޫއަށް ޙާއްސަ ސެޝަނެއް ނަގައިދީފައެވެ.

އުނގޫފާރު ސްކޫލުން މަޢުލޫމާތުދޭ ގޮތުގައި ސްކޫލްތަކުގެ މެދުގައި މިފަދަ ހަރަކާތްތައް ބޭއްވުމުގެ ސަބަބުން އެއް ސްކޫލް އަނެއް ސްކޫލްގެ ތަޖުރިބާ ޙިއްސާކުރެވި ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިވެ، ދަރިވަރުންނަށް އިތުރު ކަންތައްތަކެއް ދަސްވުމުގެ މަގު ފަހިވެގެން ދާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close