ޚަބަރު

މޯލްޑިވިއަންގެ ކޯލް ސެންޓަރ ހުޅުވިފައި ހުންނަ ގަޑި އިތުރުކޮށްފި

މޯލްޑިވިއަންގެ ޚިދުމަތް ރަނގަޅުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ކޯލް ސެންޓަރ ހުޅުވިގައި ހުންނަ ގަޑި އިތުރުކޮށްފިއެވެ. މޯލްޑިވިއަންގެ ކޯލް ސެންޓަރ ކުރިން ހުޅިވިފައި ހުންނަ ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:30 އަށެވެ. އެހެން ނަމަވެސް ފަހުން މި ގެނައި ބަދަލާއެކު މި މަހުގެ 21 އިން ފެށިގެން ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ކޯލް ސެންޓަރ ހުޅުވިފައި ހުންނާނެއެވެ.

މޯލްޑިވިއަން އިން މިކަން އިއުލާންކޮށްފައި ވަނީ އެކުންފުންޏަށް 19 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ރިޒްވީ ވަނީ މޯލްޑިވިއަންގެ ޚިދުމަތައް ގެނެވުނު އިތުރު ބަދަލެއް ވެސް އިއުލާންކުރައްވާފައެވެ. އެއީ ޓިކެޓުގެ ރިފަންޑަށް އެދި ކުރަން ޖެހޭ ދިގު އިންތިޒާރު ނިމުމަކަށް ގެނައުމެވެ. މި ބަދަލާއެކު ރިފަންޑަށް އެދޭ ދުވަހު ރިފަންޑު ލިބޭގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންގެ ޓިކެޓު އޮންލައިންކޮށް ބުކް ކުރުމާއި ޓިކެޓަށް ފައިސާދެއްކޭނެ އިންތިޒާމް ހަމަޖެހިފައި ވީ ނަމަވެސް ގިނަ ބަޔަކު އަދި ވެސް ބަރޯސާވަނީ ކޯލް ސެންޓަރަށެވެ. މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން މެނޭޖާ މޫސާ ވަސީމް ވިދާޅުވީ ކޯލްސެންޓަރު ހުޅުވިފައި ހުންނަ ގަޑި އިތުރު ކުރީ ގިނަ ބަޔަކު ކޯލްސެންޓަރުގެ ޚިދުމަތް ހޯދަމުން ދާތީއެވެ.

ރާއްޖޭގ ޤައުމީ އެއާލައިން މޯލްޑިވިއަން އިން ދާދި ފަހުން ވަނީ ޓިކެޓުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އަދި މޯލްޑިވިއަންގެ ފްލައިޓުތަކުގައި ދޭ “އިން ފްލައިޓް ސާވިސް” ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މޯލްޑިވިއަން އިން ބުނެފައި ވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close