ޚަބަރުރ.އަތޮޅު

އިންނަމާދޫއަށް އަދި ވެސް ކަރަންޓެއް ނުލިބޭ، ރައްޔިތުން ދިލަ ހޫނުގައި

އިންނަމާދޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހި އިންނަމާދޫ އިން އިއްޔެ ހަވީރު ކަރަންޓު ކެނޑުނު ގޮތަށް އަދިވެސް ކަރަންޓެއް ނުލިބެވެ. އިންނަމާދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކާއިން މިހާރު ވަނީ އިންނަމާދޫ އަށް 400 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ފޮނުވާފައެވެ. އެޖަނަރޭޓަރު އިންނަމާދޫ އަށް ލިބޭ ވަރު ވާނީ މިއަދު މެންދުރު ފަހު ކަމަށް މަޢުލޫމަތު ލިބެއެވެ.

އަލަށް ގެންނަ ޖަނަރޭޓަރު ގުޅާ އިންނަމާދޫ އަށް ކަރަންޓު ދެވޭނެ ވަކި އިރެއް އަދި ނޭގޭ ކަމަށާއި ވީހާވެސް އަވަހަށް އިންނަމާދޫ އަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކާއިން މަޢުލޫމަތުދެއެވެ.

އިންނަމާދޫ އިން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން މީހަކު ބުނި ގޮތުގައި މި ހޫނު ގަދަ ދުވަސް ވަރު ކަރަންޓު ނެތުމުގެ ސަބަބުން އިންނަމާދޫ ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހިފައެވެ. އަދި ދިލަ ހޫނުން ސަލާމަތްވުމަށް ގިނަ ބަޔަކު ހޭދަކުރަމުން ދަނީ ގޮނޑު ދޮށުގަ އާއި ގަސްތަކުގެ ހިޔަލުގައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން އިންނަމާދޫ ކައުންސިލުން ބުނި ގޮތުގައި އިންނަމާދޫގައި ކަރަންޓުގެ މައްސަ ދިމާވާތާ މިހާރު 4 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. ކައުންސިލުން ބުނި ގޮތުގައި އިންނަމާދޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރާ 3 ޖަނަރޭޓަރުގެ ތެރެއިން 2 ޖަނަރޭޓަރަށް ބޭނުން ނުކުރެވޭ ވަރަށް މައްސަލަ ޖެހި 1 ޖަނަރޭޓަރުން ކަރަންޓު ދެމުން ދާތާ މިހާރު 4 މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާކަމެވެ. އަދި އެންމެ ފަހަށް ހުރި ޖަނަރޭޓަރަށް މައްސަލަ ދިމާވެ އިއްޔެ ހަވީރު ވަނީ މުޅި ރަށުން ކަރަންޓު ކެނޑިފައެވެ.

ކައުންސިލުން މަޢުލޫމާތު ދިން ގިތުގައި އެންމެ ޖަނަރޭޓަރަކުން ކަރަންޓު ދޭން ޖެހުމުގެ ސަބަބުން ފާއިތުވި 4 މަހު އިންނަމާދޫގައި ކޮންމެ ދުވަހަކު ކަހަލަ ގޮތކަށް ކަރަންޓު މައްސަލަ ދިމާވެ އެކި ގަޑި ތަކުގައި ކަރަންޓު ކެނޑެއެވެ. އަދި ބަހަ ބަހައިގެން ރަށިގެ އެކި ހިސާބުތަކަށް ކަރަންޓު ދެމުން އަންނަ ކަމަށް ކައުންސިލުން މަޢުލޫމަދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Anas Recent comment authors
Anas
Guest
Anas

ޖަޒީރާވަންތަކަން
މީކީމިހާރު މާބޮޑުކަމެއް ނޫނެއްނޫންތޯ؟ ތިޔައުޅުއްވެނީ ހަގީގީ

ކިޔާލުން ރަނގަޅު

Close
Close