ޚަބަރުރ.އަތޮޅު

އައު ޖަނަރޭޓަރެއް އިންސްޓޯލްކޮށް އިންނަމާދޫއަށް ކަރަންޓު ދީފި

އިންނަމާދޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރުތަކަށް މައްސަލަ ޖެހި އިންނަމާދޫ އިން އިއްޔެ ހަވީރު ކަރަންޓު ކެނޑުނުތާ 24 ގަޑި އިރު ފަހުން އިންނަމާދޫ އަށް ކަރަންޓު ދީފިއެވެ. އިންނަމާދޫ އަށް ކަރަންޓު އަލުން ދީފައި މި ވަނީ ފެނަކާއިން އިންނަމާދޫ އަށް ފޮނުވި 400 ކިލޯ ވޯޓުގެ ޖަނަރޭޓަރު އިންސްޓޯލް ކުރުމަށްފަހުއެވެ.

އިންނަމާދޫއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން އަންނަ 3 ޖަނަރޭޓަރުގެ ތެރެއިން 2 ޖަނަރޭޓަރު ހަލާކުވެ، ކަރަންޓުގެ މައްސަލަތައް ދިމާވާތާ 4 މަސް ފަހުން އިއްޔެ ހަވީރު ވަނީ އެންމެ ފަހަށް ހުރި ޖަނަރޭޓަރު ވެސް ހަލާކުވެ މުޅިރަށުން ކަރަންޓު ކެނޑިފައެވެ.

ކަރަންޓު ދިނުމަށްޓަކައި ފެނަކާއިން ވަނީ މުޅިން އާ ޖަނަރޭޓަރެއް އިންނަމާދޫއަށް ފޮނުވުމަށްޓަކައި ރޭ ދޯންޏަކަށް ބަރުކޮށްފައެވެ. ޖަނަރޭޓަރު އިންނަމާދޫ އަށް ފޯރީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. ކަރަންޓު އަލުން ދިނުމަށްޓަކައި ފެނަކައިގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ޖަނަރޭޓަރު އިންސްޓޯލްކޮށް ނިންމާލުމަށް ފަހު ރަށަށް ކަރަންޓު ދީފައި ވަނީ މިރޭގެ 9:15 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close