ޙަބަރުރ.އަތޮޅު

ސީވިއް ސްޕީޑުން ރޯދަ މަހާ ދިމާކޮށް ޓިކެޓު ވަރަށް ބޮޑަށް އަގުހެޔޮކޮށްފި!

ރ.އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗް ފެރީ، ސީވިއް ސްޕީޑްގެ ޓިކެޓުގެ އަގުތަށް ރޯދަމަހާ ދިމާކޮށް ވަރަށް ބޮޑުތަން ހެޔޮ ކުރަން ނިންމައިފިއެވެ. ރ.އަތޮޅުގެ އުނގޫފާރު، ދުވާފަރު، މާކުރަތު، އިންނަމާދޫ، ރަސްމާދޫ، އިނގުރައިދޫ، ފައިނު އަދި ކިނޮޅަހާއި މާލެއާ ދޭތެރޭ ދަތުރުކުރުމަށް ޙާއްސަކުރެވިފައިވާ މި ފެރީގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދަތުރުކުރާ ފަރާތްތަކަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ ހަމަ އެންމެ 380ރ އަށެވެ. ރޯދަމަހާ ދިމާކޮށް މި ޕްރޮމޯޝަން ފެށި ނަމަވެސް ރޯދައިގެ ފަހުން ވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެކަމަށާއި ޕްރޮމޯޝަން ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާކަމަށް ސީވިއު ސްޕީޑުން މަޢުލޫމާތުދެއެވެ.

ރ.އަތޮޅާއި މާލެއާ ދޭތެރޭ ދަތުރުކުރާތާ 2 އަހަރު ވެފައިވާ އަދި އެންމެންގެ އިތުބާރު ހޯދާފައިވާ މި ފެރީގެ ޓިކެޓު، މީގެ ކުރިން ކޮޅަކަށް 550ރ އާއި 580ރ އާ ދެމެދުގެ އަގުތަކަށް ވިއްކަމުން އައި ނަމަވެސް އަގަށް މި ގެނެވުނު ބަދަލާއެކު ދިވެހިންނަށް ވެސް އަދި ބިދޭސީންނަށް ވެސް 380ރ އަށް ޓިކެޓު ލިބިގެން ދާނެއެވެ.

ސީވިއު ސްޕީޑުން ރ.އަތޮޅާ ދެމެދު ހަފުތާއަކު 4 ދުވަހު ދަތުރުކުރެއެވެ. އެއީ ހޯމަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުއެވެ. ސީވިއު ސްޕީޑް މާލެއިން ފުރާނީ ހެނދުނު 7 ޖަހާއިރުއެވެ. އަދި ރ.އަތޮޅުން މާލެ ދަތުރު ކުރުމަށް އުނގޫފާރުން ފުރާނީ މެންދުރު ފަހު 12:30 ގައެވެ.

ސީވިއު ސްޕީޑްގެ ފަރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި ޓިކެޓަށް މި ގެނެވުނު ހެޔޮ ބަދަލަކީ ރޯދަ މަހު ދިރިއުޅުމުގެ ހަރަދުތައް އާންމުކޮށް އުފުލިގެން ދާތީ ސީވިއު ސްޕީޑު ހިޔާރުކުރައްވާ އެންމެހާ ދަތުރުވެރިންގެ ޖީބަށް ލުޔެއް ހޯދައި ދިނުމުގެ މަޤުސަދުގައި ގެނެވުނު ބަދަލެކެވެ. އަދި ސީވީއު ސްޕީޑުން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރައްޔިތުން އެންމެ ހިތްހަމަޖެހޭ ފެންވަރު ޚިދުމަތެއް ފޯރުކޮށް ދިނުމަށް ކަމަށް ސީވިއު ސްޕީޑުން މަޢުލޫމާތު ދިނެވެ.

ޖީބަށް ލުއި، އަވަސް އަދި އަރާމް ދަތުރެއް ކޮށްލެއްވުމަށް ސީވިއު ސްޕީޑު އަކީ އެންމެ ރަނގަޅު އެއް ޗޮއިސްއެވެ. ޓިކެޓު ބައްލަވައި ގަތުމަށް ކޮންމެ ރަށެއްގެ ބޭފުޅަކު ވެސް އެރަށެއްގައި ހުންނަވާ ސީވިއު ސްޕީޑުގެ އޭޖެންޓާ ގުޅާލުމުން ފަސޭހަ ކަމާއެކު އެކަން ހަމަޖެހިގެން ދާނެ ކަމަށް ސީވިއު ސްޕީޑުން މަޢުލޫމާތުދެއެވެ. ސީވިއު ސްޕީޑުގެ އޭޖެންޓުންނަށް ގުޅޭނެ ނަންބަރުތައް ތިރީގައި މިވަނީއެވެ.

ކިނޮޅަސް 7624266

ފައިނު 7663003

އިނގުރައިދޫ 7710705

އިންނަމާދޫ 9850811

ރަސްމާދޫ 9646467

މާކުރަތު 7959594

ދުވާފަރު 7627544

އުނގޫފާރު 7913665، 7556336

މާލެ 7776647

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close