ޙަބަރު

ބީއެމްއެލް އުނގޫފާރު ބްރާންޗްގެ އާ އިމާރާތް އަދި ސެލްފް ސާވިސް ބޭންކިން ހުޅުވައިފި

އުނގޫފާރުގައި އިމާރާތްކުރި ބޭންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗްގެ އާ އިމާރާތާއި ސެލްފް ސާވިސް ބޭންކިން ޚިދުމަތް ރަސްމީކޮށް ހުޅުވައިފިއެވެ. ބީއެމްއެލް އުނގޫފާރު ބްރާންޗްގެ އާ އިމާރާތް ރަސްމީކޮށް ހުޅުވާފައި ވަނީ މިއަދު ހެނދުނު އެކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިޔާތުގައި ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ސައީދާ އުމަރާއި، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އަދި ބީއެމްއެލް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ބޭންކްގެ އާ އިމާރާތައި އުނގޫފާރުގައި ޤާއިމްކުރެވުނު ސެލްފް ސާވިސް ބޭންކިން ރަސްމީކޮށް ހުޅުވައިދެއްވީ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ސާއީދާ އުމަރެވެ. ބީއެމްއެލް އުނގޫފާރު ބްރާންޗްގެ މުވައްޒަފުންނާއި އުނގޫފާރުގެ މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިިރިއުޅުނު ނަމަވެސް ދިވެހި ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ބޭންކިން ޚިދުމަތް ލިބޭނޭ މަގު ފަހިވެފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ އަމާޒަށް ވާސިލް ވުމަށްޓަކައި ފާއިތުވި އަހަރުތަކުގައި ބޭންކުން ރާއްޖޭގެ އެކި ހިސާބުތަކުގި ޚިދުމަތް ފުޅާކުރުމާއި ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް އެކިި އިންވެސްޓްމެންޓް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދު ހުޅުވިގެންދާ ބޭންކުގެ އާ އިމާތާތާއި ސެލްފް ސާވިސް ބޭންކިން އަކީ މި އިންވެސްޓްމެންްޓްގެ ބައެއް ކަމަށެވެ.

ބީއެމްއެލް އުނގޫފާރު ބްރާންޗްގެ އާ އިމާރާތް އަދި ސެލްފް ސާވިސް އޭޓީއެމް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ބޭންކްގެ އިސްވެރިންނާއި ބޯޑު މެންބަރުން

އައިޝަތު ނޫރައްދީން އިތުރަށް ވިދާޅުވީ މި ޚިދުމަތްތަކަކީ އުނގޫފާރަށް އަންނަމުންދާ ދަރައްޤީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ޚިދުމަތްތަކަށް ވާނެކަން ޔަޤީން ކުރައްވާ ކަމަށާއި މިއަދު މި ޤާއިމް ކުރެވުނު ސެލްފް ސާވިސް އޭޓީއެމްތަކުގެ ސަބަބުން ރަށުގެ ކުދި ބޮޑު އެންމެންނާއި ވިޔަފާރިތަކާއި، ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިން ޚިދުމަތް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެެވެ. އުނގޫފާރުގައި ބިނާކުރެވުނު ބޭންކުގެ އިމާރާތަކީ ކަސްޓަމަރުންނަށް އެންމެ ފަސޭހަ ކަމާއެކު ޚިދުމަތް ދެވޭނެ ގޮތަށް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް އިމާރާތެކެވެ. އަދި ސެލްފް ސާވިސް އޭޓީއެމް މެޝިންތަކުން 24 ގަޑިއިރު ރުފިޔާ ނެގުމާއި، ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ބީއެމްއެލް އުނގޫފާރު ބްރާންޗްގެ އިމާރާތް މީގެ ކުރިން ހިންގަމުން އައީ އުނގޫފާރު ކައުންސިލް އިދާރާގެ ބައެއްގައެވެ. އެހެން ނަމަވެސް ބޭންކުގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެ، އެ އިމާރާތުގެ ޖާގައިގެ ދަތިކަން ދިމާވަމުން ދިއުމާއި، ކައުންސިލް އިދާރާގެ ވެސް ޖާގައިގެ ދަތިކަން ދިމާވެ އެކަން ހައްލުކުރެވެން އަންނަނީ ބޭންކުގެ އާ އިމާރާތެއް އަޅައިގެން ކަމުގައި ވާތީ އުނގޫފާރު ބަނދަރުގައި ރ.އަތޮޅު ޕޮލިސް ސްޓޭޝަންގެ އުތުރަށް އޮތް ބިން ބީއެމްއެލްގެ އިމާރާތް އެޅުމަށް ކައުންސިލުން ވަނީ ދޫކޮށްފައެވެ.

ބީއެމްއެލްގެ އުނގޫފާރު  ބްރާންޗްގެ އާ އިމާރާތް އަޅާނެ ފަރާތެއް ހޯދަން ބޭނުކުން އިއުލާންކޮށްފައި ވަނީ 2017 ވަނަ އަހަރުގެ މެއި މަހުއެވެ. އަދި މި އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 24 އޮކްޓޯބަރ 2017 ގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
މީދޫ ދަންނަ ކަލޭފާނު Recent comment authors
މީދޫ ދަންނަ ކަލޭފާނު
Guest
މީދޫ ދަންނަ ކަލޭފާނު

ރައީސް ޔާމީންގެ ސަރުކާރުގަ މަސައްކަތް ހުޢްޓިފައިހުރި އިމާރާތުގެ މަސައްކަތް އަލުން ފަށްޓަވައި 5 މަސްދުވަސްތެރޭ ހުޅުވައިދެއްވުމަށްޓަކައި ކޮށްދެއްވި އިހްލާސްތެރި މަސައްކަތައް އިންތިހާބީ މެމްބަރު މުހައްމަދު ވަހީދު އަށާއި އިއްޒައްތެރި ރައީސުލް ޖުމުހޫރިއްޔާ އޮނަރަބަލް އިބްރާހީމް މުހައްމަދު ސޯލިހަށް ފަށްފަށުން ޝުކުރިއްޔާ – ދެން އުނގޫފާރަށްގޮސް ބެންކްގެ ހިދުމަތް ހޯދަން ވަރަށްބޮޑުތަން ފަސޭހަވެގެންދާނެކަމަށް އުއްމީދުކުރަން

Close