ކޮވިޑް-19

ޚަބަރު

އުނގޫފާރު ބްރާންޗްގެ އާ އިމާރާތުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ބީއެމްއެލް އުނގޫފާރު ބްރާންޗްގެ އަދި ސެލްފް ސާވިސް ބޭންކިން ސެންޓަރަށް ކަރަންޓު ދިނުމަށް އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރަން ފަށައިފިއެވެ. ބީއެމްއެލް އުނގޫފާރު ބްރާންޗުގެ ފުރާޅުގައި އަވިން ކަރަންޓު ދިނުމަށް ސޯލާ ޕެނަލް ހަރުކޮށްފައި ވަނީ މި ދާއިރާގައި ތަޖުރިބާކާރު ކުންފުނި އަވި ޓެކްނޮލޮޖީސް އިންނެވެ.

އަވި ޓެކްނޮލޮޖީސް އިން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި ބީއެމްެއެލް އުނގޫފާރު ބްރާންޗްގައި ހަރުކުރެވިފައިވާ ސޯލާ ޕެނަލްސް ތަކުން 20 ކިލޯވޯޓުގެ ޕަވަރ އުފައްދާނެއެވެ. އަދި މިއީ އެ އިމާރާތަށް ޖުމްލަ ނަގާނެ ކަމަށް ލަފާކުރާ ލޯޑަށް ވުރެ އިތުރު އަދަދެއް ކަމަށާއި އެ ސިސްޓަމުން ދުވާލު ގަޑީގައި އުނގޫފާރު ބްރާންޗްގެ އިމާރާތާއި ސެލްފް ސާވިސް ސެންޓަރަށް ބޭނުންވާ ޖުމްލަ ކަރަންޓް ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށް އަވި ޓެކްނޮލޮޖީސް އިން މަޢުލޫމާތުދެއެވެ.

އެހެން ނަމަވެސް ރޭގަނޑު ގަޑީގައި އަދި ވިއްސާރަވުމުގެ ސަަބަބުން އިރުގެ އަވި ނުލިބޭ ދުވަސްތަކުގައި ސޯލާ ޕެނަލްސް އިން ކަރަންޓް އުފައްދާ ނިސްބަތް ދަށްވެ، އިތުރަށް ބޭނުންވާ ކަރަންޓު ނަގާނީ އުނގޫފާރަށް ރައްޔިތުންގެ އިންޖީނުގެއިން ފޯރުކޮށްދޭ ކަރަންޓުންވެ.

ބީއެމްއެލް އިން އަންނަނީ އެ ބޭންކުން އަލަށް ބިނާކުރާ އިމާރާތްތަކުގައި ސޯލާ ޕަވާރ ސިސްޓަމް ބޭނުންކުރަމުންނެވެ. އަވި ޓެކްނޮލޮޖީސް އިން ބީއެމްއެލްގެ 9 އިމާރާތެއްގައި ސޯލާ ޕަވާރ ސިސްޓަމް ހަރުކޮށްފައި ވާނޭ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close