ޙަބަރުރ.އަތޮޅު

ރ.އަތޮޅުން ފެށިގެން ތ.އަތޮޅަށް ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މިއަދު ހަވީރުގެ 16:30 އިން މިރޭގެ 20:30 އަށް ވައިޓް އެލާޓް ނެރެފައި ވަނީ ރ.އަތޮޅުން ފަށިގެން ތ.އަތޮޅާ ދެމެދުގެ ސަރަހައްދު ތަކަށެވެ.

މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި މި މުއްދަތުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭ ކަމަށާއި އަދި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކުރެއެވެ. މިއަދުގެ އެކި ވަގުތުތަކުގައި މޭޓް އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް އަދި މުޅި ރާއްޖެއަށް ވައިޓް އެލާޓްނެރެފައެވެ. އެގޮތުން  ރޭގެ 12:30 ން  ހެނދުނު 6:30 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައި ވާއިރު ހެނދުނު 9:15 އިން 13:15 އަށް އައްޑޫ ސިޓީއަށް އަދި މެންދުރު 12:45 އަކުން ހަވީރު 16:30 އަށް ރ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައިވެއެވެ.

މެޓް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އަދި ރާއްޖޭގެ މަތީގައި ބޯކޮށް ވިއްސާރަ ވިލާ އުފެދިފައިވާ ކަމަށް މެޓުން މަޢުލޫމާތުދެއެވެ. ރާޖެއަށް ވިއްސާރަކުރަން ފަށާފައި މި ވަނީ ފާއިތުވި މަސްތަކުގައި ރާއްޖެއަށް ވިއްސާރަ ނުވެހި ހޫނު ގަދަ ގިނަ ދުވަސްތަކެއް ވޭތުވުމަށް ފަހުއެވެ. ރާއްޖެއަށް ވިއްސާރަ ނުކުރާތީ ވަރަށް ފަހުން މުޅި ރާއްޖޭގައި ވަނީ އިސްތިސްޤާ ނަމާދުވެސް ކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close