ޙަބަރު

10000ރ ގެ ފައިސާގެ އިނާމާއެކު “ޒިލާން އަލިގަދަ ތަރި” ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިންތިޒާމްކޮށްގެން މި ފެށޭ ރޯދަ މަހު އުނގޫފާރުގައި “ޒިލާން  އަލިގަދަ ތަރި 2019” މި ނަމުގައި ޤުރްއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތުގެ ޓައިޓްލް ކާމިޔާބުކުރާ ފަރާތަކަށް 10،000ރ ގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ  އުނގޫފާރުގެ އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓެޑް އާއި އުފާ ގުޅިގެންނެވެ.

ތަފާތު ގޮތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އޮޑިޝަނެއް 3 މެއި 2019 ވަނަ ދުވަހު އުނގޫފާރުގައި އޮންނާނެއެވެ. މުބާރާތް ކުރިއަށް ގެންދާނީ މި އޮޑިޝަނުން ހޮވާލެވޭ އެންމެ ރަނގަޅު 10 ބައިވެރިންނާ އެކީގައެވެ. އޮޑިޝަނުން ހޮވާލެވޭ އެންމެ ރަނގަޅު 10 ބައިވެރިންގެ ކިޔެވުން ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އޮންނާނެއެވެ.

10 ބައިވެރިންގެ ކިޔެވުމުން އުނގޫފާރު.ކޮމް އިން ވީޑިއޯކުރާނެއެވެ. ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ބައިވެރިއެއް ހޮވުމަށް 80 އިންސައްތަ މާކްސް ނަގާނީ ޖަޖުންގެ މާކުހުންނެވެ. އަނެއް 20 އިންސައްތަ މާކްސް ނަގާނީ 10 ބައިވެރިންގެ ކިޔެވުން ހިމެނޭ ވީޑިއޯ އުނގޫފާރު.ކޮމްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމުން ބެލުންތެރިން ބެލުމަށް ފަހު ބެލުންތެރިން ދޭ “ލައިކްސް” ގެ މައްޗަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުނގޫފާރަށް ނިސްބަތްވާ ފަރާތްތަކަށާއި އުނގޫފާރުގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންނަށެވެ. އަދި މި މުބާރާތުގައި ބައިވެރި ވެވޭނީ 30 އޭޕްރިލް 2019 ގެ ނިޔަލަށް މީލާދީ ގޮތުން އުމުރުން 12 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުން 2 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ނަންނޯޓު ކުރުމަށް އެސްއެމްއެސް ކުރާނީ ބައިވެރިވާ ފަރާތުގެ ނަމާއި، އެޑްރެހާއި، އައިޑީކާޓް ނަންބަރާއި، އުފަން ތާރީހު އަދި ގުޅޭނެ ނަންބަރެއް ހިމެނޭ ގޮތަށް 7940678 އަށެވެ. އަދި އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެންނާއި 7940678 އަށް ވައިބާރ ކޮށްގެން ވެސް ނަންނޯޓު ކުރެވޭނެއެވެ. މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7915615 އަށް ނުވަތަ 7441103 ނަމްބަރ ފޯނަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ibraahim furuqaan Recent comment authors
ibraahim furuqaan
Guest
ibraahim furuqaan

varah dhera vey baiveri nuve veyne thee..chuttee libenee 12 may

Close