ކޮވިޑް-19

ޚަބަރު

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން ފެށިގެން ކުރިއަށް ދަނީ

“ޒިންމާދާރު ރައްޔިތުން ބިނާކުރުން” މިނަމުގައި ހޯމް މިނިސްޓްރީން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކުގެ 12 ވަނަ ބައްދަލުވުން އުނގޫފާރުގައި ފެށިގެން ކުރިއަށް އެބަދެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުން އޮންނާނީ ކުލަބު ޔޫތުސްޓާރގެ ހޯލުގައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ސާކް ޑިވެލޮޕްމެންޓް މަޝްރޫއުގެ ދަށުން  ހިންގާ ކޮމިއުނިޓީ އީ-ސެންޓަރ ޕްރޮޖެކްޓް “އެންޕަވަރިން – ރޫރަލް ކޮމިއުނިޓީސް – ރީޗިން ދަ އަންރީޗްޑް” ގެ ދަށުން ހިންގަމުންދާ ވޯކްޝޮޕެކެވެ.

މި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ  މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި އެލްޖީއޭގެ ރައީސް ޝެއިޚް އިމްރާން އަބުދުﷲ އެވެ. މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކޮންމެ ފަރުދަކީ ވެސް ބޮޑެތި ޒިންމާތަކެއް ކޮނޑުގައި އެޅިފައިވާ ފަރާތެއް ކަމަށާއި ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ މި ޒިންމާތައް އަދާކުރެވެނީ ކިހާ މިންވަރަކަށްތޯ ސުވާލު ކުރަންޖެހޭ ކަމަށެވެ.

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން ފެއްޓެވުމުގެ ގޮތުން ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ – ފޮޓޯ: ރ.އަތޮޅު ކައުންސިލް

“އަޅުގަނޑުމެންގެ އިޖްތިމާއީ ހަމަޖެހުމާއި ދުޅަހެޔޮކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް. އަޅުގަނޑުމެންގެ އިޤުތިޞާދީ ފުދުންތެރިކަމާއި ތަރައްޤީއާ ކުރިއެރުން ބިނާ ވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް. އަޅުގަނޑުމެންގެ އާއިލާތަކުގެ ބަދަހިކަމާއި، އާއިލާތަކުގެ އުފާވެރިކަން ބިނާވަނީ އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް” ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ރ.އަތޮޅުގެ ކައުންސިލް ތަކުގެ ރައީސުންނާއި، އިސްވެރިންނާއި، ޒިންމާދާރު ވެރިންނާއި، އަތޮޅުގެ ޖަމިއްޔާ ޖަމާޢަތްތަކާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ  ކޮމެޓީތަކާއި، ރ.އަތޮޅުގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close