ޙަބަރު

މާލެ ސަރަހައްދުގައި ދިރިއުޅޭ އުނގޫފާރު ރައްޔިތުންނަށް ބޮޑު މާހެފުމެއް ބާއްވަނީ

މާލެ، ހުޅުމާލެ، ވިލިނގިލި ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައި ދިރިއުޅޭ އުނގޫފާރުގެ ކުދިބޮޑު އެންމެނަށް ޙާއްސަކޮށްގެން ބޮޑު މާހެފުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި މާހެފުން ބާއްވާގޮތަށް ހަމަޖެހިފައި ވަނީ 27 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހު ހަވީރު 16:30 ގައި ނިއުޕޯޓް ވިއު ރެސްޓޯރެންޓުގައެވެ.

މި މާހެފުން އިންތިޒާމްކޮށްފައި ވަނީ އުނގޫފާރު، ޖައުޒާ މަންޒިލް، މުޙައްމަދު ސުޒީލް، އުނގޫފާރު، ބޯގަންވިލާ، އިބްރާހިމް ޙަސަން އަދި އަދަމް ނަސީރުގެ އިސްނެގިމާއެކު މަލޭގައި ދިރިއުޅޭ އުނގޫފާރުގެ ޒުވާނުން ގުޅިގެންނެވެ. މި މާހެފުމާ ބެހޭ ގޮތުން އުނގޫފާރު.ކޮމް އަށް މަޢުލޫމަތު ދެމުން އިބްރާހިމް ހަސަން ބުނީ މި މާހެފުމުގެ މަޤުސަދަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އުނގޫފާރުގެ ހުރިހާ ރައްޔިތުން އެއްތަނަކަށް އެއްވެ އެކުވެރިކަމުގެ ވަގުތުކޮޅެއް ހޭދަކޮށްލުމެވެ.

އަދި މި މާހެފުމުގައި މާލޭގައި ދިރިއުޅޭ އުނގޫފާރުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ މާހެފުން އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދެމެކެވެ. އަދި ދަތުރުވަރެއްގައި ނަމަވެސް އެދުވަހު މާލޭ ސަރަހައްދުގައި ތިބޭ އަދި އެ ސަރަހައްދުގައި ދިރިއުޅޭ އުނގޫފާރުގެ ކުދިބޮޑު އެންމެނަށް މި މާހެފުން ވަނީ ހުޅުވާލާފައެވެ.

މާލޭގައި ވަޒަންވެރި ވެގެންނާއި، ޒަވާޖީހަޔާތެއް ފަށައިގެންނާއި، ތަޢުލީމް ޙާސިލްކުރާށާއި އެކި ކަންކަމުގައި ދިރިއުޅޭ އުނގޫފާރަށް ނިސްބަތްވާ 130 އަށް ވުރެ ގިނަ މީހުން މިވަގުތު މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ މި އެންމެން އެއްތަނަކަށް އެއްވެލާ އެކުވެރި ކަމުގެ ގުޅުން ބަދަހިކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. އަދި ޒުވާނުންގެ ބަޔަކު އިސްނަގައިގެން މިފަދަ ކަންކަން ރޭވުމަކީ އުނގޫފާރު ރައްޔިތުންގެ އިޖުތިމާޢީ ގުޅުން ވަރުގަދަ ކުރުމަށް އެޅިގެން ދާނެ ރަނގަޅު ފިޔަވަޅެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close