ކޮވިޑް-19

ޚަބަރު

އުނގޫފާރު ސާފުކުރުމުގެ ބޮޑު ހަރަކާތް މާދަމާ

އުނގޫފާރު ކައުންސިލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އިންތިޒާމްކޮށްގެން އުނގޫފާރުގެ ހުރިހާ މުއައްސަސާތަކާ ކުލަބު ޖަމިއްޔާތަށް ގުޅިގެން ކުރިއަށް ގެންދާ ރަށުތެރެ ސާފުކުރުމުގެ ހަރަކާތް މާދަމާ ފަށާގޮތަށް ހަމަޖެހިއްޖެއެވެ. މި ހަރަކާތް ފަށާނީ މާދަމާ ހެނދުނު 8:00 ގައި ސްޓޭޖު ސަރަހައްދުންނެވެ.

އުނގޫފާރު ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތަކީ ކުރިއަށް އޮތް ރަމަޟާން މަހަށް އުނގޫފާރު ގޮނޑުދޮށްތަކާއި ރަށުތެރެ ސާފު ކުރުމަށާއި ޑެންގީ އާއި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަށް މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އާންމުވެފައި ވުމާއެކު މިފަދަ ބަލިތައް އުނގޫފާރުގައި ފެތުރުނަ ނުދިނުމަށް އުނގޫފާރުގައި ހުރި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގައި އެނގޫފާރުގެ ހުރިހާ މުޢައްސަސާތަކުގެ މުވައްޒަފުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި އާންމުން ބައިވެރިވާނެއެވެ. އަދި މި ހަރަކާތުގައި ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަކީ މި ހަރަކަތް އިންތިޒާމްކުރާ ފަރާތްތަކުގެ ވަރަށް ބޮޑު އެދުމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close