ޚަބަރު

އުނގޫފާރު ކައުންސިލުން ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ އާ ބައްދަލުކޮށްފި

އުނގޫފާރު ކައުންސިލުން ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސް އައްޝެއިޚް އިމްރާން އަބްދުﷲ އާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުން އޮތީ މިދިޔަ ބުދަ ދުވަހު އުނގޫފާރު ކައުންސިލް އިދާރާގައެވެ.

މި ބަދައްދަލުވުމުގައ މިނިސްޓަރ އިމްރާން ވަނީ އުނގޫފާރުގެ ހާލަތު އޮޅުން ފިލުއްވާފައެވެ. އަދި އުނގޫފާރުގެ ތަރައްޤީއަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރިކަންކަން ކޮށްދެއްވާނެ ކަމަށް ޝެއިޚް އިމްރާން ވިދާޅުވިއެވެ. އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި، އުނގޫފާރުގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ނެގުމުގައި ކަނޑައަޅިފައިވާ އުޞޫލް ތަންފީޒް ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރިއެވެ.

މީގެ އިތުރުން އުނގޫފާރު މަގު ހެދުމުގެ މަޝްރޫއު މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ މަޝްރޫއު ބާރަށް ކުރިއަށް ގެންދިއުމަށް ސަރުކާރުތެރެއިން ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި އުނގޫފާރު ކައުންސިލަށް ބޭނުންވާ ވަރަށް މުވައްޒަފުން ނެތުމުން ދިމާވަމުންދާ އިދާރީ ދަތިކަމަށް ހައްލުހޯދުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައި ވާނޭ ކަމަށް އުނގޫފާރު ކައުންސިލުން މަޢުލޫމާތުދެއެވެ.

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ މިދިޔަ ބުދަ ދުވަހު އުނގޫފާރަށް ވަޑައިގެންނެވީ “ޒިންމާދާރު ރައްޔިތުން ބިނާކުރުން” މި ނަމުގައި އުނގޫފާރުގައި ކުރިއަށް ދިޔަ މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވުމަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރ.އަތޮޅުގެ ކައުންސިލްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަވިން Recent comment authors
ބަދަވިން
Guest
ބަދަވިން

އުނގޫފާރު ކައުންސިލުން މާރަނގަޅުވާނެ އިމްރާނުކުރިންބުނީ މޭ ޑޭގަ އަފުރާސީމް އަލީ ސަހީދުކޮއްލީ ޔާމީނޭބުނެ މިއޮތީ ކިތާބީހެއްކޭ ކިޔާފަދެއްކި ގަނޑުތައް ހޯދާފައި އަވަސްވީގޮތަކަށް އެމައްސަލަ ބަލާނިންމަން އެދުންނަމަ

Close