ޙަބަރުދީން

“ޒިލާން އަލިގަދަ ތަރި” ޤްރުއާން މުބާރާތުގައި ބައިވެރިވެވޭ އުމުރު 9 އަހަރުން މަށްޗަށް ބަދަލުކޮށްފި

ޒިލާން އަލިގަދަ ތަރި

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) އިންތިޒާމްކޮށްގެން މި ފެށޭ ރޯދަ މަހު އުނގޫފާރުގައި ކުރިއަށްގެންދާ “ޒިލާން  އަލިގަދަ ތަރި 2019” ޤުރްއާން މުބާރާތުގައި ބައިވެރިވެވޭނެ އުމުރުފުރާ 12 އަހަރުން 9 އަހަރަށް ބަދަލުކޮށްފިއެވެ. މިގޮތައް އުފުރުފުރާ ބަދަލުކުރަން ނިންމީ މުބާރާތުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން އުމުރުފުރާ ބަދަލުކޮށްދިނުމަށް އެދެމުންދާތީއެވެ.

މިގެނައި ބަދަލުގެ ސަބަބުން 30 އޭޕްރީލް 2019 އަށް 9 އަހަރު ފުރިފައިވަ ފަރާތްތަކަށް މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މުބާރާތުގެ ޓައިޓްލް ކާމިޔާބުކުރާ ފަރާތަކަށް 10،000ރ ގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ  އުނގޫފާރުގެ އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓެޑް އާއި އުފާ ގުޅިގެންނެވެ.

ތަފާތު ގޮތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އޮޑިޝަނެއް 3 މެއި 2019 ވަނަ ދުވަހު އުނގޫފާރުގައި އޮންނާނެއެވެ. މުބާރާތް ކުރިއަށް ގެންދާނީ މި އޮޑިޝަނުން ހޮވާލެވޭ އެންމެ ރަނގަޅު 10 ބައިވެރިންނާ އެކީގައެވެ. އޮޑިޝަނުން ހޮވާލެވޭ އެންމެ ރަނގަޅު 10 ބައިވެރިންގެ ކިޔެވުން ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އޮންނާނެއެވެ.

10 ބައިވެރިންގެ ކިޔެވުމުން އުނގޫފާރު.ކޮމް އިން ވީޑިއޯކުރާނެއެވެ. ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ބައިވެރިއެއް ހޮވުމަށް 80 އިންސައްތަ މާކްސް ނަގާނީ ޖަޖުންގެ މާކުހުންނެވެ. އަނެއް 20 އިންސައްތަ މާކްސް ނަގާނީ 10 ބައިވެރިންގެ ކިޔެވުން ހިމެނޭ ވީޑިއޯ އުނގޫފާރު.ކޮމްގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމުން ބެލުންތެރިން ބެލުމަށް ފަހު ބެލުންތެރިން ދޭ “ލައިކްސް” ގެ މައްޗަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުނގޫފާރަށް ނިސްބަތްވާ ފަރާތްތަކަށާއި އުނގޫފާރުގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންނަށެވެ. އަދި މި މުބާރާތުގައި ބައިވެރި ވެވޭނީ 30 އޭޕްރިލް 2019 ގެ ނިޔަލަށް މީލާދީ ގޮތުން އުމުރުން 12 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް ނަންނޯޓު ކުރުން 2 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ނަންނޯޓު ކުރުމަށް އެސްއެމްއެސް ކުރާނީ ބައިވެރިވާ ފަރާތުގެ ނަމާއި، އެޑްރެހާއި، އައިޑީކާޓް ނަންބަރާއި، އުފަން ތާރީހު އަދި ގުޅޭނެ ނަންބަރެއް ހިމެނޭ ގޮތަށް 7940678 އަށެވެ. އަދި އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެންނާއި 7940678 އަށް ވައިބާރ ކޮށްގެން ވެސް ނަންނޯޓު ކުރެވޭނެއެވެ. މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7915615 އަށް ނުވަތަ 7441103 ނަމްބަރ ފޯނަށެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close