ޙަބަރު

އެމްއެންޔޫއިން އޮގަސްޓް މަހު އުނގޫފާރުގައި ފަށާ ކޯސްތައް އިއުލާންކޮށްފި

މޯލްޑިވްސް ނެޝަނަލް ޔުނުވާރސިޓީން މި އަހަރުގެ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާންކޮށްފިއެވެ. އޭގެ ތެރޭގައި އެމްއެންޔޫގެ އައްޓްރީޗް ސެންޓަރުތަކުގައި ކުރިއަށް ގެންދަން ހަމަޖެހިފަވާ ކޯސްތައް ހިމެނޭ އިރު އުނގޫފާރުގައި 2 ކޯހެއް ކުރިއަށް ގެންދަން ވަނީ އިއުލާންކޮށްފައެވެ.

އެމްއެންޔޫ އިން އުނގޫފާރުގައި ޤާއިމްކޮށްފައިވާ އައްޓްރީޗް ސެންޓަރުގައި އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ 2 ކޯހަކީ ބެޗެލާސް އޮފް ހިއުމަން ރިސޯސް މެނޭޖްމެންޓް އަދި އިންގްލިޝް ފޯ ފާދާ ސްޓާޑީޒް އެވެ.  މީގެ ތެރެއިން ހިއުމަން ރިސޯސް މެނޭޖްމެންޓް ކޯހަކީ 30 މީހުންގެ ޖާގައިގެ ކޯހެކެވެ. އަދި އިންގްލިޝް ފޯ ފާދާ ސްޓަޑީޒް އަކީ 20 މީހުންގެ ޖާގައިގެ ކޯހެކެވެ. މީ ކޯސްތަކާ ބެހޭ މަޢުލޫމާތާއި ކޯސްތަކުގައި ބައިވެރިވުމުގެ ޝަރުތުތައް ހިމެނޭ ބްކްލެޓް  މިހާރު ވަނީ އެމްއެންޔޫގެ ވެބްސައިޓްގައި ޝާއިރުކޮށްފައެވެ.

މި ކޯސްތަކަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު 12 މެއިން 2019 އިން 18 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެމްއެންޔޫގެ އުނގޫފާރު އައުޓްރީޗް ސެންޓަރުގައި މިއަހަރު ޖަނަވަރީ މަހު މާސްޓާސް އޮފް އެޑިއުކޭޝަން ކޯސް ފަށާފައިވާއިއިރު އެމްޔޫއިން އުނގޫފާރުގައި އަންނަނީ ބެޗެލާސް އޮފް ނާސިން، ޑިޕްލޮމާ އިން ނާސިން އަދި އެޑްވާންސް ސެޓްފިކެޓް އިން ނާސިން ކޯސްވެސް ހިންގަމުންނެވެ.

އެމްއެންޔޫގެ އައްޓްރީޗް ސެންޓަރެއް އުނގޫފާރުގައި ޤާއިމްކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. ހިލޭ ޑިގްރީއާ ހިސާބަށް ކިޔަވައި ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި ވާއިރު މިފަދަ ގިނަ ކޯސްތަކެއް ރަށުގައި ނުވަތަ އަތޮޅުގައި ފެށިގެން ދިއުމަކީ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ތަޢުލީމް ޙާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ފަހި ފުރުސަތެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close