ކޮވިޑް-19

ޚަބަރު

އުނގޫފާރު ރައްޔިތުންގެ މާހެފުން މިއަދު ހަވީރު

އުނގޫފާރު ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ބާއްވާ މާހެފުން މިއަދު ހަވީރު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި މާހެފުން ބާއްވަނީ އުނގޫފާރު ފުލުހުންނާއި، އުނގޫފާރުގެ ހުރިހާ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތައް ގުޅިގެންނެވެ.

ބަދަވީންގެ މާހެފުން މި ނަމުގައި ބާއްވާ މާހެފުން އޮންނާނީ  މިއަދު ހަވީރު 17:00 ގައެވެ. މާހެފުން އިންތިޒާމް ކުރާ ފަރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މިއަދުގެ މޫސުމަށް ބެލުމަށް ވަހު ވިއްސާރަ ނޫން ނަމަ މާހެފުން ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ އުނގޫފާރު ސްޓޭޖް ސަރަހައްދުގައެވެ. ވިއްސާރަ ނަމަ މާހެފުން ކުރިއަށްދާނީ އުނގޫފާރު ޔޫތު ސެންޓަރގައެވެ.

މި މާހެފުމުގައި ޙާއްސަ ގުރުއަތުލުމެއް ވެސް ކުރިއަށްދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ގުރުއަތުން ހޮވޭ ފަރާތަކަށް ބިސް ކޭހެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މާހެފުން އިންތިޒާމްކުރާ ފާރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި ގުރުއަތުލުން ކުރިއަށް ދާނެ ގޮތަކީ މާހެފުމަށް އަންނާނެ ކަމަށް ލަފާކުރާ މީހުންގެ އަދަދަށް ބަލާ ކަރުދާސްކޮޅު ތަކެއް ތައްޔާރުކޮށް ކޮންމެެވެސް އެއް ކަރުދާސްކޮޅެއްގައި “ބިސް ކޭސް” މިފަދައިން ލިޔެފައިވާ ވާނޭ ކަމަށާއި ކޮންމެ ބޭފުޅަކަށް ވެސް ކޮންމެވެސް އެއް ކަރުދާސްކޮޅެއް ނެގުމުގެ ފުރުސަތު ދެވޭނެ ކަމަށާއި ބިސްކޭސް ލިބިގެން ދާނީ “ބިސް ކޭސް” ލިޔެފައިވާ ކަރުދާސްކޮޅު ނެގޭ ފަރާތަށް ކަމަށެވެ.

އުނގޫފާރުގެ ކުދި ބޮޑު އެންމެނަށް ހުޅުވާލާފައިވާ މި މާހެފުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ މި މާހެފުން އިންތިޒާމްކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމަށް ކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. އަދި މިފަދަ ހަރަކާތްތަކަކީ އުނގޫފާރުގެ ރައްޔިތުން އެއްތަނަކަށް އެއްވެލާ ގުޅުން ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެކެވެ. އުނގޫފާރު ފުލުހުންނާއި މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަށް ގުޅިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް މާހެފުމެއް އަންނަނީ ބާއްވަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close