ކޮވިޑް-19

ޚަބަރުދީން

“ޒިލާން އަލިގަދަ ތަރި” ޤްރުއާން މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑި މިރޭ ހަމަވާނެ

ޒިލާން އަލިގަދަ ތަރި

އުނގޫފާރު ފޯސްޓަރިންގް އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން އިންތިޒާމްކޮށްގެން އުނގޫފާރު އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓެޑާ ގުޅިގެން “ޒިލާން އަލިގަދަ ތަރި 2019” މި ނަމުގައި މި ފެށޭ ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރްއާން މުބާރާތު ބައިވެރި ވުމުގެ ފުރުސަތު މިރޭ 00:00 އަށް ހަމަވާނެއެވެ.

އުނގޫފާރު އަދި އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ އޮޑިޝަން ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 22 އޭޕްރީލް ގައެވެ.

މި މުބާރާތުގެ 1 ވަނަ އަށް  10000 ރ ، 2 ވަނަ އަށް  5000 ރ އަދި 3 ވަނަ އަށް  2000ރ ގެ ފައިސާގެ އިނާމު ލިބޭނެއެވެ.

ތަފާތު ގޮތަކަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އޮޑިޝަނެއް 3 މެއި 2019 ވަނަ ދުވަހު އުނގޫފާރު އޮންނާނެއެވެ. މުބާރާތް ކުރިއަށް ގެންދާނީ މި އޮޑިޝަނުން ހޮވާލެވޭ އެންމެ ރަނގަޅު 10 ބައިވެރިންނާ އެކީގައެވެ. އޮޑިޝަނުން ހޮވާލެވޭ އެންމެ ރަނގަޅު 10 ބައިވެރިންގެ ކިޔެވުން ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އޮންނާނެއެވެ.

10 ބައިވެރިންގެ ކިޔެވުމުން އުނގޫފާރު.ކޮމް އިން ވީޑިއޯކުރާނެއެވެ. ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނީ ބައިވެރިންގެ ކިޔެވުމަށް ޖަޖުން ދޭ މާކުހާއި ބައިވެރިން ކިޔެވުން ހިމެނޭ ވީޑިއޯ އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރުމުން ބެލުންތެރިން އެއަށް ދޭ ލައިކްސް އެއްކޮށްލުމަށް ފަހުއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އުނގޫފާރަށް ނިސްބަތްވާ ފަރާތްތަކަށާއި އުނގޫފާރުގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންނަށެވެ. އަދި މި މުބާރާތުގައި ބައިވެރި ވެވޭނީ 30 އޭޕްރިލް 2019 ގެ ނިޔަލަށް މީލާދީ ގޮތުން އުމުރުން 9 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

ނަންނޯޓު ކުރުމަށް އެސްއެމްއެސް ކުރާނީ ބައިވެރިވާ ފަރާތުގެ ނަމާއި، އެޑްރެހާއި، އުފަން ތާރީހު ހިމެނޭ ގޮތަށް 7940678 އަށެވެ. އަދި އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްގެންނާއި 7940678 އަށް ވައިބާރ ކޮށްގެން ވެސް ނަންނޯޓު ކުރެވޭނެއެވެ. މި މުބާރާތާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7915615 އަށް ނުވަތަ 7441103 ނަމްބަރ ފޯނަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close