ކޮވިޑް-19

ޚަބަރުދީން

“ޒިލާން އަލިގަދަ ތަރި” ޤްރުއާން މުބާރާތުގައި 31 ބައިވެރިން

ޒިލާން އަލިގަދަ ތަރި

އުނގޫފާރު ފޯސްޓަރިންގް އެވެއާނެސް އެސޯސިއޭޝަން (އުފާ) އިން އިންތިޒާމްކޮށްގެން އުނގޫފާރު އަމިއްލަ ފަރާތެއް ކަމުގައިވާ މުޙައްމަދު ސުޒީލް (ޒިލާން) ގެ ޒިލާން ޕްރައިވެޓް ލިމިޓެޑާ ގުޅިގެން “ޒިލާން އަލިގަދަ ތަރި 2019” މި ނަމުގައި ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރްއާން މުބާރާތުގެ އޮޑިޝަންގައި ބައިވެރި ވުމުގެ ފުރުސަތު ރޭ 00:00 އަށް ހަމަވެއްޖެއެވެ.

މުބާރާތުގެ އޮޑިޝަންގައި ބައިވެރި ވުމުގެ ފުރުސަތު ހަމަވިއިރު މުބާރާތުގެ އޮޑިޝަންގައި ބައިވެރިވެފައިވަނީ 31 ފަރާތަކުންނެވެ. އެއީ ފިރިހެން 10 ބައިވެރިންނާއި އަންހެން 21 ބައިވެރިންނެވެ.

އުނގޫފާރު އަދި އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ އޮޑިޝަން ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 22 އޭޕްރީލް ގައެވެ.

މި މުބާރާތުގެ 1 ވަނަ އަށް  10000 ރ ، 2 ވަނަ އަށް  5000 ރ އަދި 3 ވަނަ އަށް  2000ރ ގެ ފައިސާގެ އިނާމު ލިބޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close