ކޮވިޑް-19

ޚަބަރުދީން

“ޒިލާން އަލިގަދަ ތަރި” މުބާރާތުގެ އޮޑިޝަން މިއަދު މެންދުރުފަހު ފަށަނީ

ޒިލާން އަލިގަދަ ތަރި

“ޒިލާން އަލިގަދަ ތަރި” ގުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން މިއަދު އޮންނާނެއެވެ. މުބާރާތުގެ އޮޑިޝަން ކުރިއަށްދާނީ އުނގޫފާރު ކްލަބް ޔޫތު ސްޓަރ ހޯލްގައި މިއަދުގެ މެންދުރުފަހު 14:00 ފެށިގެންނެވެ.

އޮޑިޝަން ފެށުމުގެ ގޮތުން ހުރިހައި ބައިވެރިންނާއެކު ބާއްވާ ބައްދަލުވުމެއް މިއަދު 14:00 އޮންނާނެއެވެ. މިބައްދަލުވުމުގައި އުފާގެ އިތުރުން މުބާރާތުގެ ޖަޖުންވެސް ބައިވެރިވާނެވެ. އޮޑިޝަން ފެށިގެންދާނީ މިބައްދަލުވުމަށް ފަހުއެވެ.

އޮޑިޝަންއިން ހޮވޭ 10 ބައިވެރިންނާއެކު މުބާރާތް ކުރިއަށްދާނީ ރޯދަމަހުގެ 2 ވަނަ ދުވަހުއެވެ.

މުބާރާތުގެ އޮޑިޝަންގައި ބައިވެރި ވުމުގެ ފުރުސަތު ހަމަވިއިރު މުބާރާތުގެ އޮޑިޝަންގައި ބައިވެރިވެފައިވަނީ 29 ފަރާތަކުންނެވެ. އެއީ ފިރިހެން 8 ބައިވެރިންނާއި އަންހެން 21 ބައިވެރިންނެވެ.

އުނގޫފާރު އަދި އުނގޫފާރުގައި ދިރިއުޅޭ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ އޮޑިޝަން ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 22 އޭޕްރީލް ގައެވެ.

މި މުބާރާތުގެ 1 ވަނަ އަށް  10000 ރ ، 2 ވަނަ އަށް  5000 ރ އަދި 3 ވަނަ އަށް  2000ރ ގެ ފައިސާގެ އިނާމު ލިބޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close